ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/ 5610ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންސްޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-      ރަށުގައި ހިންގާ ޕްރޮޖެކްޓުތަކާގުޅޭ އެންމެހާ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުމާއި ކައުންސިލްގެ 5 އަހަރުދުވަހުގެ ތަރައްޤީގެ ޕްލޭނާއި،އެއްގޮތަށް ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް ޕްރޮޖެކްޓްތައް ހޯދަން މަސައްކަތްކުރުމާއި،ޕްރޮޕޯސަލްތަކަށް ފަންޑު ހޯދުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުން.

2-      ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިނގާގޮތް ބަލަހައްޓާ، ދޭންޖެހޭ އިރުޝާދުތައް ދިނުމާއި މަސައްކަތްތަކުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުމާއެކު މުޅި ޕްރޮޖެކްޓް މެނޭޖްކުރުން.

3-      ކައުންސިލުން ހިންގާ ޕޮރޮޖެކްޓްތައް ނިމުމުން ޕްރޮޖެކްޓް ހިގާދިޔަގޮތުގެ ރިޕޯޓްތައްޔާރުކުރުމާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.

4-      ކައުންސިލުން ހިންގާ، ނުވަތަ ކައުންސިލް މެދުވެރިވެގެން ހިންގާ އެކިއެކި ޕްރޮޖެކްޓް ތަކުގެ އިދާރީ ލިޔެކިއުންތައް ލިޔެ ބެލެހެއްޓުން.

5-      ޕްރޮޖެކްޓްތަކާއި ބެހޭ ޢާންމު މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުން.

6-      މަސްވެރިންގެ ދަފުތަރާއި، އޮޑިދޯނިފަހަރުގެ ދަފުތަރާއި، ބިދޭސީންގެ ދަފުތަރާއި، ރަށުގެ އާސާރީ ތަންތަނުގެ ދަފުތަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

7-      އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުމާއި، މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި، ސާފުތާހިރުމަކުގެ ސެޓުފިކެޓުގެ ކަންތައްތައް ބެލެހެއްޓުން.

8-      އެއްގަމު އުޅަނދުގެ ލައިސަންސް ހެދުމުގެ އެންމެހާއި އިދާރީ މަސައްކަތް ކުރުމާއި އެކަމާއި ގުޅުންހުރި ލިޔެކިޔުން ޤަވައިދުން ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

9-      ބިދޭސީންނާބެހޭ ކަންތައްތައް ބެލެހެއްޓުން. އަދި ބިދޭސީންގެ ދަފުތަރު ލިޔެބެލެހެއްޓުމާއި، އެކަމާއި ގުޅުންހުރި އެންމެހައި، ކަންކަންކުރުން.

10-  ރަށުގައި ހިންގާ އިޖުތިމާޢީ ޙަރަކާތްތަކުގައި، ކައުންސިލުން ކުރަންޖެހޭ ކަންކަމުގެ އިދާރީ މަސައްކަތްތައް ކުރުން.

11-  އ.ތ.މ ކޮމެޓީއާއި ކުންފުނިތަކާއި، ކްލަބުޖަމްޢިއްޔާ، ޖަމާޢަތްތަކާއި، ކޮމިޓީތަކާއި، ކޯޕަރޭޓިވްސްތަކާއިގުޅޭ ގޮތުން ކައުންސިލުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.

12-  އިދާރާގެ ސެކިއުރިޓީކުރާގޮތް ސްޕަވައިޒުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.

13-  އެކަށީގެންވާ ރައްކާތެރި ގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތީން ރަށުފެންވަރުގައި ކުނިނައްތާލުމުގެ އިންތިޒާމްތައް ރާވާ ހިންގުން.

14-  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާއި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފާޔާ އިރުޝާދުގެ މަތިންކުރުން.

15-  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:  

  މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްޙާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ މުޙިއްމު މަޢުލޫމާތު ހިމެނޭގޮތަށް(

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. )ލިޔެފައިވާ ލިޔުންތައް

ކިޔަން އެނގޭ ފަދަ ކޮޕީއެއް(

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރު މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

 

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

65

35

 

40

 

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

 

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

 

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

 

ލިބިފައިވާ ހުނަރު

އިންޓަރވިއު /ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

  • މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 24 ޑިސެމްބަރ 2020 އިން 28 ޑިސެމްބަރ 2020 އާއި ދެމެދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފާއިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800709 ނަންބަރު ފޯނާއެވެ.

14 ޑިސެންބަރު 2020
ހޯދާ