ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމް:ޕްލޭނިންގ އޮފިސަރ 

ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/ 5610ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންސްޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-      ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިއަށްއޮތް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ ތާރީޚްގެކުރިން ފޮނުވުން.

2-      ކައުންސިލްގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް އަހަރަށް ކައުންސިލުން ހިންގާނެ ޙަރަކާތްތަކުގެ ޕްލޭން އެކުލަވާލުން.

3-      ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު 2 މަހުން 1 މަހު ޢާއްމުކުރުން.

4-      ރަށުގެ ތަރައްޤީގެ ޕްލޭނުގެ މައްޗަށް ބަލައިގެން ތައްޔާރު ކުރަންޖެހޭ މަސައްކަތުގެ ތާވަލު ތައްޔާރުކޮށް، ޕްލޭނުގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނީޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުމާއި ތަަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފައާއި މަޝްވަރާދީ އެހީތެރިވެ ދިނުން.

5-      ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުން.

6-      ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދު ތަކާއި އަދި އުޞޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް އެކަންކަމާގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތައް އަދި މަސައްކަތު އެކްޓިވިޓީޒްތައް އެކުލަވާލައި އެކަންކަމުން ނަތީޖާ ނެރެވޭގޮތަށް މަސައްކަތް ކުރުން.

7-      ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ރަށުގެ ބިމާބެހޭ ކަންކަން އިދާރީގޮތުން ބެލެހެއްޓުން.

  • ބިންތަކުގެ ދަފްތަރާއި ދަނޑުބިންތަކުގެ ދަފުތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ބިންތައް ކުއްޔަށް ދޫކުރުން.
  • ރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމާއި ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟުނުވާގޮތުގެ މަތިން ރަށުގެ ބިންދޫކުރުމުގެ އެންމެހާ އިދާރީ މަސައްކަތްތަކެއް ކުރުން.
  • އިމާރާތާއި ގޯތި ރަޖިސްޓްރީ ހަދައިދިނުން ( ގޯތި ގެދޮރާއި ބިންބިމުގެ )
  • ދޫކުރެވޭ ގޯތިތަކާއި ބިންތަކުގެ އިންސަރަހައްދު ވަކިކޮށްދީ ފޫޓު އަޅާއި،ބިންތަކުގެ ވެރިންނަށް ދައްކައިދިނުން.

8-      މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހުގެ މައުލޫމާތު ނަގައި ބެލެހެއްޓުމާއި ނަގަންޖެހޭ ރުއްގަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމާއި ރުއްގަހުގެ ބަދަލު މައްސަލަ ހަމަޖައްސައިދިނުން. 

9-      ރަށުގެ މަގުތަކާއި، ޕާކުތަކާއި، މައިދާން ފަދަ ތަންތަން ވަގުތީ ގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި، ބަންދުކުރުމުގެ އިދާރީ މަސައްކަތް ކުރުން.

10-  ޤުދުރަތީގޮތުން ލިބޭ ގެއްލުންތަކާއި ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ފޮޓޯ ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

11-  އެ ކިއެކި މަޝްރޫޢުތަކާއި ދޭންޖެހޭ ޚިދުމަތްތަކާ ގުޅިގެން ކުރާ ސާވޭ އަދި ދިރާސާ ކުރުމުގެ މަސައްކަތަށް ބޭނުންވާ ޑޭޓާތައް އެއްކޮށް ބެލެހެއްޓުން.

12-  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާއި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފާޔާ އިރުޝާދުގެ މަތިންކުރުން.

13-  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

 

                                                                                                                                                                         

މަޤާމުގެ ޝަރުތުތައް:  

  މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްޙާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ މުޙިއްމު މަޢުލޫމާތު ހިމެނޭގޮތަށް(

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. )ލިޔެފައިވާ ލިޔުންތައް

ކިޔަން އެނގޭ ފަދަ ކޮޕީއެއް(

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރު މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

 

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

65

35

 

40

 

މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

 

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

 

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

 

ލިބިފައިވާ ހުނަރު

އިންޓަރވިއު /ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

               
  • މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 24 ޑިސެމްބަރ 2020 އިން 28 ޑިސެމްބަރ 2020 އާއި ދެމެދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފާއިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800709 ނަންބަރު ފޯނާއެވެ.

14 ޑިސެންބަރު 2020
ހޯދާ