ދިވެހިރާއްޖެ
މިކައުންސިލަށް ބޭނުންވާ ކެބިން، ގޮނޑި އަދި ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)264/PRIV/2020/67 (06.12.2020) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ވަނީ ބާޠިލުވެފައެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތުދިނުން |
އަންދާސީހިސާބު ހުށަހެޅުން |
22 ޑިސެމްބަރު 2020 (އަންގާރަ) 13:00 |
30 ޑިސެމްބަރު 2020 (ބުދަ) 13:00 |
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރު 15 އިން 2020 ޑިސެމްބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓްކުރެއްވުން އެދެމެވެ.
މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރު 21 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް، މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ސްޕެސިފިކޭޝަންތައް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ކަރުދާހާއި ސްޕެސިފިކޭޝަންތައް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: [email protected]