ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2020/95)
އިޢުލާން
|
މަޤާމް:މަސައްކަތު (ވަގުތީ)
ބޭނުންވާ ޢަދަދު:01 ( އެކެއް )
މުއްދަތު: 1 އަހަރު ދުވަހުގެ މުއްދަތު.
ފެންވަރު ނުވަތަ ޝަރުޠު:
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
މުސާރަ: މަހަކު -/2000 (ދެހާސް ރުފިޔާ)
މަސައްކަތް ކުރާ ކޮންމެ ބަންދު ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުގެދަށުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތުތައް:
- ޕާކުތެރެ ކުނި ކަހާ ސާފުކޮށް ވިނަ ނޮޅަންޖެހޭ ތަންތަނުން ވިނަ ނޮޅުން.
- ކުޅޭ ސެޓުތައް ފޮހެ ސާފުކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ.
2- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1- އިންޓަވިއު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 22 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
އިންޓަވިއުކުރުން: މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 22 ޑިސެންބަރު 2020 އާއި 31 ޑިސެންބަރު 2020 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.