ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލްގެ ނެޓްވޯރކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ސިސްޓެމްތަކުގެ ނެޓްވޯރކްއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޑިސެމްބަރ 14 އިން ފެށިގެން 2020 ޑިސެމްބަރ 20 ވާ އާދިއްތަ ދުވަހާ ދެމެދު އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރުމަށްފަހު 2020 ޑިސެމްބަރ 21 ވަނަ ދުވަހުގެ 13:15ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް މައުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ތާރީހުތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ޑިސެމްބަރ 21 ވާ ހޯމަ ދުވަހުގެ 13:15 ގައި އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓިއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު %85
- މަސައްކަތުގެ މުއްދަތު
- ތަޖްރިބާ %5
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.