އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޑޮނޭޝަންގެ ގޮތުގައި ލިބޭ ތަކެއްޗާއ ހަވާލުވުމާއި ގުޅޭ

މިހާރަކަށް އައިސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް އެކި އެކި ފަރާތްތަކުން ޑޮނޭޝަންގެ ގޮތުގައި ތަކެތި ހަދިޔާ ކުރައްވަމުން ގެންދިއުމުގައި ހޮސްޕިޓަލުގެ ޑިޕާޓްމަންޓްތަކަށް ސީދާ ޑޮނޭޝަން ފޮނުވަމުން ގެންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތަށް ސީދާ ހޮސްޕިޓަލުގެ ޑިޕާޓްމަންޓްތަކަށް ޑޮނޭޝަން ފޮނުވުމުން ހޮސްޕިޓަލަށް ލިބޭ ޑޮނޭޝަންގެ ރިކޯޑު ބެލެހެއްޓުމުގައި ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ. އެހެންކަމުން ހޮސްޕިޓަލަށް އެއްވެސް އެއްޗެއް ހަދިޔާ ކުރައްވަން ބޭނުން ފުޅުވާނަމަ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓާއި ގުޅުއްވައިގެން (ފޯން: 6885046، އީމެއިލް: [email protected]) ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. މިފުރުސަތުގައި ހެޔޮއެދޭ ފަރާތްތަކުން މިއަދާއި ހަމަޔަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތަކަށް އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.

14 ޑިސެންބަރު 2020
ހޯދާ