ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫ ނޭޗަރ ޕާކް

                  ނަންބަރު: (IUL)267/267/2020/41

 

އިޢުލާން

 

ހދ. ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ ސަރަޙައްދުގައިވާ އަމިއްލަ މީސްމީހުންގެތަކެތި ނެގުމާއިބެހޭ

 

                ހދ. ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ  330447 އަކަފޫޓްގެ ސަރަހައްދު ހިމާޔަށްކުރުމަށް މިކައުންސިލްގެ 3 ވަނަ ދައުރުގެ 141 ވަނަ ބައްދަލުވުމުންވަނީ ނިންމާފައެވެ. ވީމާ، ހދ. ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ހިމެނޭ  330447 އަކަފޫޓްގެ ސަރަހައްދުގައިވާ އަމިއްލަ މީސްމީހުންގެ ބޮނބިއޮޅު، އަދި އެސަރަޙައްދަށް އަޅާފައިވާ ލަކުޑީގެ ބާވަތްތައް އެސަރަހައްދުން 09  މާޗް 2021 ނިޔަލަށް ނެގުމަށް އަންގަމެވެ.  މި މުއްދަތުގެ ތެރޭގައި ނުނަގާހުންނަ ތަކެތި މިކައުންސިލުން ހަދާފައި އުސޫލުގެތެރެއިން ނައްތާލެވޭނެއެވެ. އަދި އެޞަރަހައްދުގައި ހެދިފައިހުންނަ އެކިބާވަތްބާވަތުގެ ގަސްގަހާގެހި މިކައުންސިލްގެ ހުއްދަނެތި ނުކެނޑުމަށް އިލްތިމާސްކުރަމެވެ.

                  ވީމާ، މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                          28 ރަބީޢުލްއާޚިރު 1442    

                           13 ޑިސެމްބަރ   2020

13 ޑިސެންބަރު 2020
ހޯދާ