G1C-A/2020/3
|
ވަޒީފާގެ ފުރުޞަތު
|
10 ޑިސެމްބަރ 2020
|
ރޭންކް: ޖީ.އެސް 3
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމް
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓް / ޅ.ހިންނަވަރު
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
އަސާސީ މުސާރަ
|
- ޖުޑީޝަލް އެލަވަންސް: 1116.25/-ރ (އަސާސީ މުސާރައިގެ %25)
- ސަރވިސް އެލަވަންސް: -/1500ރ (ފަނަރަސަތޭކަ ރުފިޔާ)
- ލިވިންގ އެލަވަންސް: -/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މިމަޤާމަށް ލިބޭ އެލވަންސް
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
އަސާސީ ޝަރުތު
|
1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން
2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން
|
އެހެނިހެން ޝަރުތު
|
- ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާއި ޙަވާލުވެ ހުންނެވި ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ފުރިހަމަކުރުން.
- ކޯޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ، އެންޓްރީކޮށް، އެވަގުތަކު ކޯޓުގައި ހުރި ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން މުވައްޒަފުންނާއި ޙަވާލުކުރުން.
- ކޯޓުގެ މުވައްޒަފުންގެ ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުންފަދަ ވަޒީފާ އާއި، ގުޅުން ހުރި އެންމެހާ ކަންތައްތަކެއްގެ އިދާރީ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރުމާއި، ކޯޓުގެ މުވައްޒަފުންގެ (ދާއިމީ، އަދި ވަގުތީ) މަޤާމްތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް، (މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމުގެ ރެކޯޑްތަކާއިއެކު) "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު" އާއި، އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މަޢުލޫމާތު، ފަސޭހައިން ހޯދައިލެވޭނެފަދަ ގޮތަކަށް ބެލެހެއްޓުން.
- އިދާރީ ކަންތައްތަކާއި ގުޅިގެން އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖްފަދަ ލިޔުންތަކަށް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ލިޔެ، އެ ފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާން ޖެހިއްޖެކަމެއްގައި އެ ގޮތުގެމަތިން ޖަވާބުދާރީވުން.
- ހައުސް ކީޕަރުންނާއި، ވޮޗަރުން ޤަވާޢިދުން ޙަރަކާތްތެރި ކުރުވުމާއި، އެ މީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ކޯޓުގެ އިންވެންޓްރީ އާއި، ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
- މުވައްޒަފުންނަށް ލިބިދޭންޖެހޭ މުސާރައާއި، އެންމެހާ ޢިނާޔަތްތަކުގެ ތަފްޞީލް، ފައިސާ އާއި ބެހޭ މަސައްކަތްކުރާ މުވައްޒަފަކަށް ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާޢިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ޖީސީއީ އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
- ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ތަކެތި
|
21 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ.
|
ސުންގަޑި
|
- ވަޒީފާއަށް ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
- މަސައްކަތުގެ ތަޖްރިބާ: 10 ޕަސެންޓް
- މަސައްކަތަށް ބޭނުންވާ ހުނަރު: 10 ޕަސެންޓް
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): 50 ޕަސެންޓް
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގައެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ 'ވަޒީފާއަށް އެދޭ ފޯމް' މިކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620014 (ރަސްމީގަޑީގައި)
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ
|
އިތުރު މަޢުލޫމާތު
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ޤާނޫނާ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން
- ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން
- އިނގިރޭސިބަހާ ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތެއްކަމުގައިވުން
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައި ވުން.
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|