އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ފައިނެންޝަލް އިންސްޓިޓިއުޝަންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް (ގްރޭޑް 1)

މަޤާމް :ޑިރެކްޓަރ، ފައިނެންޝަލް އިންސްޓިޓިއުޝަންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ފައިނެންޝަލް އިންސްޓިޓިއުޝަންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް

އަސާސީ މުސާރަ

-/15،500 (ފަނަރަ ހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ދުވާލަކަށް 316/67 (ތިންސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި)

ލިވިންގ އެލަވަންސް

-/3،500 (ތިންހާސް ފަސްސަތޭކަ ) ރުފިޔާ

އޮޑިޓް އެލަވަންސް

-/2000 (ދެހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓާސް ހާސިލްކޮށްފައިވާނަމަ 2000/- (ދެހާސް) ރުފިޔާ

ޑިގްރީ ހާސިލްކޮށްފައިވާނަމަ 1000/- (އެއްހާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. ފައިނެންޝަލް އިންސްޓިޓިއުޝަންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް އަހަރުން އަހަރަށް ތަރައްޤީކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިން-ހައުސްކޮށް ކުރާ ދައުލަތުގެ މާލީ އިދާރާތަކުގެ އޮޑިޓުތައް އިތުރުކުރުން.
  2. މިގޮތުން، ޑިޕާޓްމަންޓްގެ ކެޕޭސިޓީއަށް ބަލައި، އިން-ހައުސްކޮށް ކުރެވެން ހުރި މާލީ އިދާރާތަކުގެ ފައިނެންޝަލް އޮޑިޓުތައް އިން-ހައުސްކޮށް ކުރުމަށާއި، މިވަގުތު އިން-ހައުސްކޮށް ކުރެވެން ނެތް އިދާރާތަކުގެ އޮޑިޓުތައް އިން-ހައުސްކޮށް ކުރެވޭނެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން ދިއުން.
  3. އައި.ޓީ އޮޑިޓުގެ މަސައްކަތްތައް އިންޓަރނޭޝަނަލް އައި.ޓީ އޮޑިޓިން ސްޓޭންޑަޑްތަކާ އެއްގޮތަށް ހަރުދަނާކޮށް، އެ ޔުނިޓުގެ މަސައްކަތްތައް އަހަރުން އަހަރަށް ފުޅާ ކުރުން.
  4. ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގައި ބަލަހައްޓަމުންދާ އައި.ޓީ ސިސްޓަމްތައް (ހާޑްވެއަރ އަދި ސޮފްޓުވެއަރ) ތަކުގެ ޕޯޓްފޯލިއޯއެއް ބަލަހައްޓައި، އޭގެ ތެރެއިން އޮޑިޓު ކުރަންޖެހޭ ސިސްޓަމްތައް ދެނެގަތުން.
  5. އައި.ޓީ އޮޑިޓް ޔުނިޓުގެ ޤާބިލުކަން އިތުރުކުރުމާއި ސެޕް (SAP) ބޭނުންކޮށްގެން ކޮމްޕިއުޓަރައިޒްކޮށްފައިވާ ޕަބްލިކް އެކައުންޓިންގ ސިސްޓަމުން މުރާޖަޢާކޮށް އޭގައިވާ އޮޑިޓް ރިސްކް ތަކާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.
  6. އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަޝްވަރާއާއެކު ޑިޕާޓްމަންޓުން ކޮންމެ އަހަރު ކުރާނެ އޮޑިޓުތައް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެނުއަލް ވާރކް ޕްލޭންގައި ހިމެނުން.
  7. ދައުލަތުގެ ހިއްސާ އޮންނަ މާލީ އިދާރާތަކުގެ ފައިނޭންޝަލް އޮޑިޓު ރާވައި ހިންގުމާއި، ޤާނޫނާއި ގަވާއިދުތަކާއި އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެނުއަލް ވާރކް ޕްލޭންގައިވާ މުއްދަތުތަކަށް އެއިދާރާތަކުގެ އޮޑިޓް ރިޕޯޓުތައް ޝާއިޢު ކުރެވެމުން ދާނެ ފަދަގޮތަށް އޮޑިޓް މަސައްކަތް ރާވައި ހިންގުން.
  8. ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުގެ އޮޑިޓު ރާވައި ހިންގުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެނުއަލް ވާރކް ޕްލޭންގައިވާ މުއްދަތުތަކަށް އެއިދާރާތަކުގެ އޮޑިޓް ރިޕޯޓުތައް ޝާއިޢު ކުރެވެމުން ދާނެ ފަދަގޮތަށް އޮޑިޓް މަސައްކަތް ރާވައި ހިންގުން.
  9. ތައްޔާރުކުރެވޭ އޮޑިޓް ޕްލޭންތަކަކީ އޮޑިޓިން ސްޓެންޑަޑާ އަދި އޮޑިޓު މެނުއަލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިސްކް ބޭސްޑް އޮޑިޓް ޕްލޭންތަކެއްތޯބެލުމަށްފަހު އެޕްލޭންތައް މުރާޖަޢާކުރުމާއި އޮޑިޓް މަސައްކަތް ތަކަށް ކަނޑައަޅާފައިވާ ގަޑިތަކަކީ އެކަށީގެންވާ ގަޑިތަކެއްތޯ ބަލައި، ޕްލޭންތައް ފާސްކުރުން.
  10. އޮޑިޓްގެ ޢަމަލީ މަސައްކަތް (ފީލްޑް ވަރކް) ކޮށްފައިވަނީ ޕްލޭނާއި އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.
  11. އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އަށް ޑްރާފްޓް އޮޑިޓް ރިޕޯޓްތަށް ހުށަހެޅުމުގެ ކުރިން އެރިޕޯޓުތަކާއި އެރިޕޯޓުތަކުގައިވާ އޮޑިޓަރ ޖެނެރަލްގެ ރަޢުޔަކީ އެކަށީގެންވާ ޞައްޙަ ރައުޔެއްތޯ ބެލުމާއި ރިޕޯޓުގައި ހިމަނާފައިވާ އެހެނިހެން ކަންކަން ސައްޙަތޯ ބެލުން.
  12. މެނޭޖަރުން މަސައްކަތްކުރަމުންދަނީ ޓައިމް ބަޖެޓާ އެއްގޮތަށްތޯ ބެލުމާއި އަދި ޓައިމް ބެޖެޓަށް އުނިއިތުރެއް ގެންނަނަމަ ދުރާލާ އެއުނިއިތުރެއް ފާސްކުރުން.
  13. އިންޓަރނެޝަނަލް ސްޓެންޑަޑްސް އޮން އޮޑިޓިންގ އާއި "އިންޓޯސައި" ސްޓޭންޑަޑު ތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް އޮފީހުގެ ފައިނޭންޝަލް އޮޑިޓް މެތޮޑޮލޮޖީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިން ޓެކްނިކަލް ޓީމާއެކު މަސައްކަތްކުރުން.
  14. ހުރިހާ އޮޑިޓް ސެކްޝަންތަކެއްގައި ޓީމްމޭޓް ބޭނުންކުރުވެމުން ދޭތޯބެލުމާއި ޓީމްމޭޓު އޮޑިޓް ފައިލްތަކުގެ ފުރިހަމަކަން ޔަޤީން ކުރުން.
  15. އޮފީހުގެ އެހެނިހެން ޑިޕާޓްމަންޓުތަކަށް އައި.ޓީ އޮޑިޓުގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި، އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  16. ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓްގައ ހިމެނުމަށްޓަކައި ދައުލަތުގެ މާލީ އިދާރާތަކުގެ ފައިނެންޝަލް އޮޑިޓުތަކާއި، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިންފޮމޭޝަން ސިސްޓަމްތަކުގެ އޮޑިޓުތަކުން ފާހަގަ ކުރެވުނު ކަންކަން ހިމެނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް އެކުލަވާލުން.
  17. ފައިނޭންޝަލް އޮޑިޓާއި ގުޅޭގޮތުން ސްޓްރޭޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައިވާ ކަންތައް ހާޞިލުކުރުމުގެ މަސައްކަތް ކުރުން. އަދި އޮޑިޓަރ ޖެނެރަލްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކުރުމާއި، އެ މަޢުލޫމާތުތައް ހިމަނައިގެން ޑިޕާރޓްމަންޓުގެ މަސައްކަތް ކުރިޔަށް ދިޔަގޮތުގެ އަހަރީ ރިޕޯޓެއް އެކުލަވާލުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބްޕޯޓަލް އިންނެވެ. މިޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

7. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 23  ޑިސެންބަރު 2020 އާ 7 ޖަނަވަރީ 2021 ދެމެދު އޮޑިޓަރ ޖެނެރަލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޖޮބް ޕޯޓަލް އިން ސްޓޭޓަސް ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348275 ނަންބަރު ފޯނަށެވެ. 

10 ޑިސެންބަރު 2020
ހޯދާ