ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށީ ކެމްޕަހުގެ ދަނާލު 1ގެ ފާހާނައިގެ ފެންވަޔަރިންގ މަރާމާތުކުރުމާއި، ދަނާލު 1ގައި މުށިޖަހައިދޭނެ ފަރާތެއް ބޭނުންވާތީ އެކަމަށް އެދި އިއުލާންކުރީމެވެ. މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
ތަފްސީލު |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
16 ޑިސެމްބަރު 2020 |
10:00 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
އަންދާސީ ހިސާބު ހުށައެޅުން |
22 ޑިސެމްބަރު 2020 |
10:30 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.