ދިވެހިރާއްޖެ
ހދ.ފިނޭ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީބެލެހެއްޓުމުގެ މަސައްކަތް 2021 ވަނަ އަހަރަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)259/2020/60 ނަމްބަރުން ކުރެވުނު އިއުލާނަށް އެވެސްފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީވެ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.
މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- · މައުލޫމާތު ދިނުން – 2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 10:00 ގައި
- އަންދާސީ ހިސާބު ހުށަހެޅުން – 2020 ޑިސެމްބަރ 22 ވާ އަންގާރަ ދުވަހުގެ 10:00 ގައި
މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ހދ.ފިނޭ ކައުންސިލްގެ އިދާރާގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ވިޔަފާރީގެ ވެރިފަރާތް ފިޔަވައި ބަދަލުގައި މީހަކުފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.