ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

                                                                                        ނަންބަރު: GS-171/IUL/2020/09

                                                          

އިޢުލާން

 

2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

            މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސާކިއުލަރ ނޯޓް ނަންބަރު 22-E/CIR/2020/59  ގައި އޮގަސްޓް 2020  އަށް 5 އަހަރު ފުރޭ ކުދިންގެ ބެލެނިވެރިން ބޭނުންނަމަ، ބެލެނިވެރިޔާ އާއި މަޝްވަރާ ކުރުމަށްފަހުގައި 2021 ވަނަ އަހަރުގައި  އެކުދިންނަށް ޔޫކޭ.ޖީން ޖާގަ ދިނުމަށް ވަނީ އަންގަވާފައެވެ. އަދި އެ ދަރިވަރުންނަށް 2020 ގެ ދިރާސީ އަހަރުގެ 2 ވަނަ ޓާމްގައި، ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ދިނުމަށްވަނީ އަންގަވާފައެވެ.

            2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ވަދެވޭނީ މީލާދީގޮތުން 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންނަށެވެ.

            ވީމާ މަތީގައި ބަޔާން ކޮއްފައިވާ އުމުރު ފުރާއަށް ފެތޭ ކުދިންގެ ތެރެއިން މި ސްކޫލްގައި ކިޔަވާން ބޭނުންވާ ކުދިންނަށް، 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން "އެޕްލިކޭޝަން ފޯމް" ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

09 ޑިސެންބަރު 2020
ހޯދާ