އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޤާއިމް ކުރެވިފައިވާ އެއަރކޮންޑިޝަން ނިޒާމް ސާވިސްކޮށް ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޤާއިމް ކުރެވިފައިވާ އެއަރކޮންޑިޝަން ނިޒާމް ސާވިސްކޮށް ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެމްބަރ 2020 އާއި 17 ޑިސެމްބަރ 2020 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓްގެ ކޮޕީއެއް ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 17 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

08 ޑިސެންބަރު 2020
ހޯދާ