ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މެނޭޖްމަންޓް އަދި ހިއުމަންރިސޯސް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން

މިއޮތޯރިޓީ އަށް މެނޭޖްމަންޓް، އަދި ހިއުމަންރިސޯސް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ޝާއިއުކުރި ނަންބަރު: (IUL)179-3.3/179/2020/25 އިއުލާނަށް ހުށަހަޅުއްވާފައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ  ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓެޗްމަންޓްގައިވާ ޓީ.އޯ.އާރާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު ހެދުނު 10:45އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

23 ރަބީޢުލްއާޚިރު   1442

08 ޑިސެންބަރު  2020

08 ޑިސެންބަރު 2020
ހޯދާ