ދިވެހިރާއްޖެ
މާލެސިޓީގެ ހެންވޭރު ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިންގ ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިކައުންސިލުގެ ނަންބަރު :)425-A1/1/2020/92 ( IUL 22 ނޮވެމްބަރ 2020 ގެ އިޢުލާނުން ހުޅުވާލުމާއި ގުޅިގެން، މިޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހުރެ ކެންސަލްވި 27 ޖާގައާއި އަދި ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރެވުނު 8 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު 15 ޑިސެމްބަރ 2020 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާނެއެވެ. މި ޒޯނުން މި 35 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު -/3000 ރުފިޔާއަށެވެ. މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށެވެ. މި ޒޯނުތަކަށް އެދޭނީ މިކައުންސިލްގެ ވެބްސައިޓް www.malecity.gov.mv ގައިވާ މިކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށެވެ.
އެޕޯޓަލުން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް މިޕޯޓަލްގައިވާ ޕާރކިންގ އުސޫލުން އެނގެން އޮންނާނެއެވެ. އަދި މަޣުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެއެވެ. ޕާރކިންގ އުސޫލާއި ޚިލާފަށް ހުށަހަޅާފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެއެވެ.
މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެއެވެ. ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.