މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓަައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާއިދު ހިންގުމުގެ އުޞޫލް

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވައިދު ހިންގުމުގެ އުޞޫލު

ތަޢާރުފާއި ނަން

   1.         

 ހ

މިއީ ޤާނޫނު ނަމްބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާގެ (ވ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ހަދާ ޢާންމުކުރެވިފައިވާ ކައުންސިލްގެ ޤަވައިދު ނަމްބަރު: 2013/R-288 "މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާ ބެހޭ ޤަވައިދު" ނަގަހައްޓާ ހިންގުމަށްޓަކައި ހެދިފައިވާ އުޞޫލެކެވެ.

 

 

ށ

މިއުޞޫލަށް ކިޔާނީ " މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤައިދު ހިންގުމުގެ އުޞޫލު" މިހެންނެވެ.

އުޞޫލްހިންގާ ތަންފީޒް ކުރާ ފަރާތް

   2.          

 

މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ "މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ"އިންނެވެ.

މަޤްސަދު، މިއުސޫލު ހިންގުމުގެ އިސްތިސްނާތައް

   3.          

 

މިއުޞޫލުގެ މަޤްސަދަކީ ވަކިވަކި މުނާސަބުދުވަސްތަކާއި މިނޫންވެސް ރަށު ރައްޔިތުންގެ ފަރާތުން މިފަދަ ވިޔަފާރިއެއް ކުރަން ބޭނުންވެލައްވާ ފަރާތަކަށް އެ ފުރުޝަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކައުންސިލުން އެކަށައަޅާ ތަންފީޒުކުރާ އުޞޫލެކެވެ.

 

 

ހ

އާންމު ތަންތަނާއި މަގުތަކުގައި ވަކި މުނާސަބުތަކާ ގުޅިގެން ކުރު މުއްދަތަކަށް ޚާއްޞަގޮތެއްގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ހުޅުވާލެވޭ ވިޔަފާރި މިއުޟޫލުގެ ދަށުން އިސްތިސްނާ ވާނެއެވެ.

ގާޑިޔާ ވިޔަފާރި ކުރުމަށް އާންމު އިޖްތިމާޢީ، ބިންތަކުންނާއި، މަގުތަކުގައި ވިޔަފާރި ކުރުމަށް ދެވޭނެ ބިންތައް

4

ހ

 

 

ށ

 

މިއުޞޫލުގެ ދަށުން ޢާންމު ބިންތަކާއި އިޖުތިމާއީ ބިންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ބިން 144 އަކަފޫޓަށްވުރެ ބޮޑުވެގެން ނުވާނެއެވެ. މިފަދަ ބިންދޫކުރެވޭ ޝަރަހައްދަކީ:

(1)   ބަނދަރުން ކަނޑައެޅޭ ޝަރަހައްދު

(2)   ޢާންމު އިޖްތިމާއި ކުޅިވަރު ކުޅޭ ބިންތަކުން ކަނޑައެޅޭ ޝަރަހައްދު

މަގުމަތީގައި ގާޑިޔާ ބާއްވައިގެން ވިޔަފާރިކުރުމަށް ކައުންސިލުން ކަނޑައަޅާ ބިން 50 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި ގާޑިޔާ ވިޔަފާރިކުރުމަށް ކަނޑައަޅާ ބިން މަގުގެ އަރިމަތިން ފެށިގެން 5 ފޫޓަށް ވުރެ ބޮޑު މިންވަރެއް މަގަށްވާގޮތަށް ކައުންސިލުން ކަނޑައަޅައިގެން ނުވާނެއެވެ.

މަގުއެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ގެންދެވޭގޮތަށް ހަދާފައި ހުންނަ ތަކެތި ދުއްވައިގެން ވިޔަފާރި ކުރުން

5

ހ

 

ށ

މަގުގެ އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހަދާފައި ހުންނަ ވީލް ބަރޯ، ގާޑިޔާ ފަދަ ތަކެތީގައި ވިޔަފާރި ކުރަންވާނީ ކައުންސިލުން ހުއްދަ ނަގައިގެންނެވެ.

ހުއްދައިގެ ނަމޫނާ ޖަދުވަލް 1ގައި.

ގާޑިޔާ މޭޒު ހުންނަންވީގޮތް

 

ހ

 

 

 

 

ށ

އާންމު މަގުތަކުނުން ކައުންސިލުން ކަނޑައަޅާ ސަރަހައްދުތަކުގައި ގާއިމުކުރެވޭ ގާޑިޔާ ވާންވާނީ އެއްކޮށް ބަންދުކުރެވޭގޮތަށް ހަދާފައި އޮންނަ އުޅަނދަކަށެވެ. އަދި ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ ގޮތަށް ހެދިފައިވާ އެއްޗެއްކަމުގައި ވާންވާނެއެވެ.

އާންމު ބިންބިމާއި އިޖުތިމާއީ ސަރަހައްދުތަކުން ކައުންސިލުން ކަނޑައަޅާ ބިންމުގައި ގާއިމުކުރާ ގާޑިޔާ / މޭޒު އުފުލާ ނުގެންދެވޭ ތަނެއްގޮތުގައި ހެދިދާނެއެވެ. ނަމަވެސް އެފަދަ ގާޑިޔާއެއް ހެދުމުގައި ތިރީގައިވާގޮތަށް ގާޑިޔާ ހަދައިގެން ނުވާނެއެވެ.

(1)   ކޮންކުރީޓް ބެރިތަކާއި ތަނބު ބޭނުންނުރުކުން.

(2)   ރޭނުމަށް ބޭނުންކުރާ އެއްވެސް މެޓީރިއަލް އެއް ބޭނުންކޮށްގެން ރޭނޭނީ 30 އިންޗި އުސްމިނަށެވެ.

(3)   ގާޑިޔާ ހިޔާކޮށްފައި ބަހައްޓާއިރު 1 ފޫޓަށް ވުރެ ބޭރަށް އަސްކެނި ނެރެފައި ހުރެގެން ނުވާނެއެވެ.

މަގުގެ އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހަދާފައި ހުންނަ ތަކެތި ދުވައިގެން ވިޔަފާރި ކުރުމަށް ބޭނުންކުރާ އުޅަނދުގައި ތިރީގައިވާކަންކަން ފުރިމަ ކުރަންވާނެއެވެ.

(1) މެހި، މަދިރި ފަދަ ތަކެތިން މުދާ ރައްކާކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އުޅަނދަކަށް ވާންވާނެއެވެ.

(2) އުޅަނދުގެ ފުޅާމިން 4 ފޫޓަށްވުރެ ފުޅާވެގެން ނުވާނެއެވެ.

(3) އުޅަނދުގެ ދިގުމިން 8 ފޫޓަށްވެރެ ދިގުވެގެން ނުވާނެއެވެ.

(4) އަދި ކައުންސިލުން ދޫކުރާ ހުއްދަ އުޅަނދުގައި ފެންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

މަގުމަތީ ގާޑިޔާ / މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ތަނުގައި ވިއްކޭނެ ތަކެތި

 

ހ

 

 

 

 

އާންމު އިޖްތިމާއި ބިމާއި، އާންމު މަގުތަކުގައި ޤާއިމްކުރާ ގާޑިޔާ / މޭޒު ވިއްކޭނީ ތިރީގައި ބަޔާންކުރެވިފައިވާ ބާވައްތަކެވެ.

(1) ރާއްޖޭގައި ހެދޭ އަދި ހައްދާ މޭވާ، ތަރުކާރީ، ގޮވާން، ފަލަމަޑި އަދި ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް.

(2) ރާއްޖޭހައި އުފައްދާ ހެދިކާއާއި ކާނާގެ ބާވަތްތަކުގެ ތެރެއިން އެކަށޭނަ މެޓީރިއަލްއެއްގައި ބަންދުކުރެވިފައި ހުންނަ އަދި އެތެކެތި އުފެއްދުމަށް ބޭނުންކުރި އިންގްރިޑިއަންޓްސް އެނގޭގޮތަށް ލޭބަލްކުރެވިފައި ހުންނަ ތަކެތި.

(3) ރާއްޖޭގައި އުފައްދާ ބުއިންތަކުގެ ތެރެއިން އެ ބުއިމަކަށް އެކަށޭނަ މެޓީރިއަލްއެއްގައި ބަންދުކުރެވިފައި ހުންނަ ބުއިން.

(4) ކޮފީ މެޝިނުގެ އެހީގައި ކޮފީ އުފައްދާ ޑިސްޕޯސެބަލް ތަށީގައި ވިއްކުން.

(5) އިމްޕޯރޓްކޮށްފައި ހުންނަ ކުޑަކުދިނަށް ޙާއްސަ ލުއިކާނާގެ ބާވަތްތަކާއި ބުއިންތަށް ވިއްކޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވިޔަފާރިއާއި ގުޅިގެން ގަޑިޔާ ހިންގާ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަނަތައްތައް

7

ހ

 

ށ

ގާޑިޔާ ވިޔަފާރި ކުރުމުގެ ހުއްދައިގެ ދަށުން ހިންގާ ވިޔަފާރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި ރަޖިސްޓްރީ ކުރަންޖެހޭނަމަ ރަޖިސްޓްރީ ކުރުމާއި އިތުރު ހުއްދައެއް ނަގަންޖެހިއްޖެނަމަ އެ ހުއްދައެއް ނެގުމަކީ ގާޑިޔާ ވިޔަފާރި ކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި އެގޮތަށް ނެގޭ ހުއްދަތުގެ ކޮޕީ ކައުންސިލްއިދާރާއަށް ހުށަހަޅަންވާނެއެވެ.

ގާޑިޔާ ވިޔަފާރި ހިންގާ އިރު އެއްޝަހައްދަށް އެޅޭ ކުނި އުކާ ސާފުކޮށް ބެލެހެއްޓަންވާނެއެވެ.

ފީނެގުމާއި ޖުރުމަނާ

 

ހ

ށ

ނ

ގާޑިޔާ / މޭޒު ބަހައްޓައިގެން ކުރާ ވިޔަފާރީގެ މަހުފީއަކީ މަހަކު -/100 (ސަތޭކަ) ރުފިޔާއެވެ.

މަހުފީ ކޮންމެ މަހެއްގެ 10ގެ ކުރިން ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

މަހުފީގެ ގޮތުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް -/2ރ ( ދެ ރުފިޔާ) ގެ ރޭޓޫން ދައިސާ ދައްކަންވާނެއެވެ. މިގޮތުން ކުލީގެ ގޮތުގައި ދަކަންޖެހޭ ފައިސާއެއް ނުދައްކާތާ 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާނަމަ އެއްފަރާތަކަށް ދޫކުރެވުނު ހުއްދަ ބާތިލްކުރުމުގެ ބާރު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ

ގާޑިޔާ ވިޔަފާރި ކުރިން މަނާ ތަންތަނާއި، އުޟޫލުގެ ދަށުން މަނާކަންތައްތައް

10

ހ

ގާޑިޔާ ފިޔަފާރި ކުރުމަށް ހުއްދަދެވޭ ފަރާތަކުން އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(1)  ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް މި ބިމުގައި ހިންގުން ނުވަތަ ކުރުން.

(2) މިސްކިތުން ހަރިންމަފާރަށް ވަދެނިކުމެވާން ހެދިފައިވާ އެއްވެސް ގޭޓެއް ނުވަތަ ދޮރެއްގެ ކުރިމަތީ ވިޔަފާރި ނުކުރުން.

(3) ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގެ ހޯލްފާރުން ވަދެނިކުމެވާން ހެދިފައިވާ އެއްވެސް ގޭޓެއް ނުވަތަ ދޮރެއްގެ ކުރިމަތީ ވިޔަފާރި ނުކުރުން.

(4) އާންމުނަށް އުނދަގޫވާހެން މަގުމަތީ ގާޑިޔާ ވިޔަފާރި ނުކުރުން.

(5) މީގެ އިތުރުން " މަގުމަތީ ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމުން ފީނެގުމާބެހޭ ޤަވައިދު ނަމްބަރު 2013/R-288 ގަވައިދުގައި ކުރުން މަނާކުރެވިފައިވާ ކަންކަތައްކަކެވެ.

ފިޔަވަޅު އެޅުން

12

ހ

މިއުޞޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ މިލަދުންމަޑުލު އުތުރު ބުރީ ކަނޑިތީމު ކައުންސިލް އިދާރާގެ ޤަވައިދު ނަމްބަރު :2013/R-288 " މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާ ބެހޭ ޤަވާއިދު" ދަށުން ފިޔަވަޅު އެޅޭނެއެވެ.

މި އުޞޫލަށް ބަދަލު ގެނައުން.

 

ހ

މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.

 

 

ށ

މި އުޞޫލާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ ނިންމުމަކުން ތަންފީޒްކުރަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ މަސްވަރާގެ މަތީން އެފަދަ މައްސަލައެއް ނިމެންދެން ވަގުތީ އަމުރު ހިންގުމުގެ ބާރު ކައުންސިލް ހިންގުމާއި ހަވަލުވެ ހުންނެވި ވެރިއަކަށް ލިބިގެންވެއެވެ. އަދި މިފަދަ އަމުރުތައް ތަންފީޒްކުރަންޖެހޭނީ ލިޔެކިޔުމުން ފެންނަގޮތަށެވެ.

 

 

ނ

މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގެ މުއްދަތު އެންމެ ގިނަވެ ގެން ދެމި އޮންނާނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. އަދި 30 (ތިރީސް)ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާއަތް ކުރެވިފައިވާ މައްސަލައަށް ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.

22 ނޮވެންބަރު 2020
ހޯދާ