މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުޞޫލް

ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުޞޫލު

މިއީ ދަނޑުވެރިކަން ކުރުމަށްޓަކައި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުން ބިންދޫކުރުމުގައި އަމަލުކުރުމަށް މިކައުންސިލުން ކަނޑއަޅާފައިވާ އުޞޫލުތަކެވެ. އަދި ދަނޑު ދޫކުރުމުގައި އަމަލުކުރަމުންދާނީ މިޢުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ. އަދި މިއުޞޫލަށް ކިޔާނީ " ށ.ކަނޑިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލް" މިއެވެ.

 

1

ތައާރަފާއި ނަން

މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.

2

އުޞޫލު ހިންގާ ތަންފީޒްކުރާ ފަރާތް 

މިއީ ށ.ކަނޑިތީމުގެ ދަނޑުވެރިންނަށް ބިން ކަށަވަރުކުރުމަށާއި، އެބިމުން ނަފާއާއި ފައިދާގެ މިންވަރުތައް އިތުރުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެއްޞޫލަކުން ކުރިއަށް ގެންދިޔުމާއި ހަމަހަމަ ކަންމަތީ ބިން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.                                                     

3

މަޤްސަދު              

(ހ) މިއުޞޫލަށް އަމަލުކުރަންވާނީ އުޞޫލް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ފާސްކުރާ ދުވަހުން ފެށިގެން 30 ދުވަސް ފަހުންނެވެ.

(ށ) މިއުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް މިއުޞޫލުގެ ތެރެއަށް ފެއްތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަންވާނެއެވެ.

(ނ) މިއުޞޫލަށް އަމަލުކުރަން ފެށުމާއެކު ރަށުގެ އެއްވެސް ޝަރަހައްދެއްގައި ކައުންސިލްގެ ޚުއްދަ ނެތި ދަނޑުވެރިކަން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް ދިރިއުޅުމަށް ނަގާފައިވާ ގޯތީގައި ދަނޑުވެރިކަން ކުރުމާއިމެދު މިއުޞޫލު ހުރެހެއް ނާޅައެވެ.

4

އަމަލުކުރަންފަށާ ތާރީޙް         

މިއުޞޫލުގެ ދަށުން ދަނޑު ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ދަނޑުތަށް ބަހާލައިގެންނެވެ. އެގޮތުން ތިންކެޓަގަރީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

(ހ) އަސާސީ ދަނޑު

(ށ)  މެދު ފަންތީގެ ދަނޑު

(ނ) ވިޔަފާރީގެ ދަނޑު

5

މިއުޞޫލުގެ ދަށުން ދަނޑުބިން

 ދޫކުރެވޭ ކެޓަގަރީތައް         

(ހ) މިއީ އުމުރުން 21 އަހަރުން މަތީގެ ށ.ކަނޑިތީމު ރައްވެހިންނަށް ދޫކުރާ ދަނޑެކެވެ.

(ށ) އަސާސީ ދަނޑެއްގެ ގޮތުގައި ދޫކުރާ ދަނޑުގެ ބޮޑުމިނަކީ (3000) އަކަފޫޓެވެ. މި ދަނޑުތައް ދޫކުރާނެ ސަރަޙައްދަކީ  ކައުންސިލުން ކަނޑައަޅާ ޝަރަހައްދުތަކެކެވެ.    

(ނ) މިއުޞޫލުގެ ދަށުން ދޫކުރެވޭނީ ފުރަތަމަ 2 އަހަރު ޖުމަލް 50 ދަނޑުބިމެވެ.

(ރ) މިދަނޑުތަކުގައި ހެއްދޭނީ ޢާންމު ދަނޑުވެރިކަމުގެ ބާވަތްތަކާއި ބޮޑެތި ވަޅުތަށް ނުކޮނެ ހެއްދޭ ބާވަތްތަކާއި އަދި މިނޫންވެސް މާމެލާ މެލީގެ ބާވަތްތަކާއި ބަގީޗާ ވައްތަރު ތަކެވެ.

(ބ) މި ދަނޑު ލިބެނީ ދަނޑު ހޯދުމަށް އެދި ހުށަހަޅަންޖެހޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާށް  ހުށަހެޅުމުންނެވެ. ފޯމް ހުށަހަޅާއިރު ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި މުއްދަތު ހަމަވެގެން އާކުރުން ހުށަހަޅާނަމަ ރަޖިސްޓްރޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ.

(ޅ) އަސާސީ ދަނޑަށް ކުލީގެ ގޮތުގައި މަހަކު އަކަފޫޓަކަށް 0.10 ލާރި ( ދިހަލާރި ) ނެގޭނެއެވެ. ކޮންމެ މީލާދީމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ފީ ކައުންސިލަށް ދައްކަންވާނެއެވެ.

(ކ) މިދަނޑުތަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

(އ) މިދަނޑުބިން ހޯދުމަށް ރަޖިސްޓްރީ ކުރާ ކޮންމެ ފަރާތަކާއެކުވެސް ދަނޑުވެރިކަން ކުރުމަށް ދެފަރާތުންމެ އެއްބަސްވެވޭ އެއްބަސްވުމެއް އެކުލަވާލެވިފައި އޮންނަންވާނެއެވެ. އަދި މިއެއްބަސްވުންތަށް ރައްކާތެރިކަމާއެކު ބެލެހެއްޓަންވާނެއެވެ. (ނަމޫނާ ޖަދުވަލް 5)

6

އަސާސާސީ ދަނޑު          

(ހ)  މެދު ފަންތީގެ ދަނޑުތަކަކީ ކުލިނަގާގޮތަށް ދޫކުރާ ދަނޑެކެވެ.

(ށ)  މެދު ފަންތީގެ ދަނޑުތަށް ދޫކުރާނީ ރަށުގެ އިރުމަތި ފަރާތުންނެވެ.

(ނ)  ފަތްކެޔޮ ހެއްދުމަށް ދަނޑުހޯދުމަށް އެދެވޭނީ އަމިއްލަ ފަރުދެއްނަމަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަދި ކުންފުނި ނުވަތަ ވިޔަފާރިއެއްނަމަ އެފަދަ ތަނެއްގެ ރަޖިސްޓްރީ އަކަށް 5000 އަކަ ފޫޓަށްވުރެ ބޮޑުނުވާ އަދަދަކަށެވެ.

(ރ) މި ދަނޑު ލިބޭނީ ދަނޑު ބިން ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމުންނެވެ. ދަނޑުބިން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ ފޯރމަކާއެކު 200 ރުފިޔާގެ ފީއެއް ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

(ބ) މެދު ފަންތީގެ ދަނޑުތަކުގައި  ހެއްދޭނީ ވަޅުކޮނެގެން ނަމަވެސް އާނު ނުކަނޑާ ހެއްދޭ ގަސްގަހާ ބިޔަކަކޮށް ހެދޭ ގަސްގަހާ އަދި މީގެ އިތުރުން ދޫނި ސޫފާ ސޫފީ ގެންގުޅުމަށާއި ބަކަރިޔާ ކުކުޅު އާލާކޮށް ދިރުވުމަށް މެދުފަންތީގެ ދަނޑުތަށް ދޫކުރެވި ދާނެއެވެ.

(ޅ) މެދު ފަންތީގެ ގޮތުގައި ދޫކުރެވޭ ދަނޑުތަށް ދޫކުރެވޭނީ 8 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ކ)  މެދުފަންތީގެ ދަނޑު ހެއްދުމަށް ދޫކުރާ ކޮންމެ ބިމަކުން ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 0.15 ލާރި (ފަނަރަ ލާރި) ނެގޭނެއެވެ. ކޮންމެ މީލާދީމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ފީ ކައުންސިލް އިދާރާއަށް ދައްކަން ވާނެއެވެ.

(އ) މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 3 މަސްކުރިން މުއްދަތު އާކުރުމަށް އެދި ކައުންސިލަށް ލިޔުމަކުން އެދި ހުށަހަޅަންވާނެއެވެ.

(ވ) މިދަނޑުބިން ހޯދުމަށް ރަޖިސްޓްރީ ކުރާ ކޮންމެ ފަރާތަކާއެކުވެސް ދަނޑުވެރިކަން ކުރުމަށް ދެފަރާތުންމެ އެއްބަސްވެވޭ އެއްބަސްވުމެއް އެކުލަވާލެވިފައި އޮންނަންވާނެއެވެ. އަދި މިއެއްބަސްވުންތަށް ރައްކާތެރިކަމާއެކު ބެލެހެއްޓަންވާނެއެވެ. (ނަމޫނާ ޖަދުވަލް 5)

7

މެދުފަންތީގެ ދަނޑު         

(ހ) މިއީ ވިޔަފާރި އުޟޫލުން ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކުރާ ދަނޑުބިން ތަކެކެވެ.

(ށ) މިއުޞޫލުގެ ދަށުން ދޫކުރެވޭނީ  ޖުމަލް 80000 (އަކަފޫޓް)ގެ ބިމެވެ. އެއީ 4 ދަނޑެވެ.

(ނ) މި ދަނޑު ހޯދުމަށް އެދެވޭނީ ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމެންޓް ނުވަތަ ކުލަބް ޖަމުއިއްޔާ ޖަމާއަތް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގޮތުގައި  ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

(ރ) ވިޔަފާރި އުޟޫލުން ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކުރެވޭނީ  (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބޮޑުވެގެން 20000 ( ވިހި ހާސް)  އަކަފޫޓްގެ 1 (އެކެއް)  ބިމެވެ.

(ބ)  މިމާއްދާގެ ރ ގައި ބުނެފައިވާ ބިންކުޑަވެ ބިން އިތުރަށް ބޭނުންވެގެން ހުށަހަޅާފިނަމަ ބިންދޫކުރެވިފައިވާ ނިސްބަތަށާއި، ކޮށްފައިވާ އިންވެސްޓްމެންޓަށްބަލައި ބިން އިތުރުކުރުމުގެ އިޙްރިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ޅ) ވިޔަފާރި އުޟޫލުން ދަނޑު ހެއްދުމަށް ދޫކުރާ ކޮންމެ ބިމަކުން ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 0.35 ލާރި (ތިރީސް ފަސްލާރި) ނެގޭނެއެވެ. ކޮންމެ މީލާދީމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ފީ ކައުންސިލަށް ދައްކަންވާނެއެވެ.

(ކ) ވިޔަފާރި އުޟޫލުން ދަނޑުބިން ދޫކުރަނީ ކައުންސިލުން ކަނޑައަޅާ ޝަރަހައްދަކުންނެވެ.

(އ) ވިޔަފާރި އުޟޫލުން ދަނޑުވެރިކަން ކުރުމަށްޓަކައި ބިން ހޯދުމަށް ހުށަހަޅާނީ ޕްރޮޕޯސަލްއާއެކު އެކަމަށް އެދި ސިޓީއަކުންނެވެ. އަދި ދަނޑު ރަޖިސްޓްރި ކުރުމަށްޓަކައި ފީއެއްގެ ގޮތުގައި 2000 ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ.

(ވ) ވިޔަފާރި އުޟޫލުން ދޫކުރާ ދަނޑުތައް ދޫކުރެވޭނީ 15 އަހަރުގެ މުއްދަތަށެވެ. މިދަނޑު ރަޖިސްޓްރީ ކުރާތާރީހުންފެށިގެން ކައުންސިލަށް ދަކަންޖެހޭ އަހަރީފީ އަދާކުރަމުންގެންދަންވާނެއެވެ. އަދި މުއްދަތު ހަވަމުގެ 3 މަސްދުވަސްކުރިން މުއްދަތު އާކުރަން ބޭނުންވެލައްވާނަމަ އެކަމަށް އެދި ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(މ) މިދަނޑުބިން ހޯދުމަށް ރަޖިސްޓްރީ ކުރާ ކޮންމެ ފަރާތަކާއެކުވެސް ދަނޑުވެރިކަން ކުރުމަށް ދެފަރާތުންމެ އެއްބަސްވެވޭ އެއްބަސްވުމެއް އެކުލަވާލެވިފައި އޮންނަންވާނެއެވެ. އަދި މިއެއްބަސްވުންތަށް ރައްކާތެރިކަމާއެކު ބެލެހެއްޓަންވާނެއެވެ. (ނަމޫނާ ޖަދުވަލް 5)

8

ވިޔަފާރި ދަނޑުތައް

މި ޢުޞޫލުންގެ ދަށުން ދަނޑުބިން ރަޖިސްޓްރީކުރުމަށް އެދި އާންމުކޮށް ހުޅުވާލާއި ދަނޑު ބިމުގެ އަންނަނިވި މަޢުލޫމާތަށް ހިމެނޭގޮތަށް ދަނޑު ބިމުގެ ރަޖިސްޓްރީއެއް އެކުލަވާލައި ލިޔެ ބަލަހައްޓަންވާނެއެވެ. (ނަމޫނާ ޖަދުވަލް 4)

(ހ) ދަނޑު ބިން ރަޖިސްޓްރީ ކުރާ ފަރާތުގެ ފުރިހަމަ ނާމާއި އެޑްރެސް

(ށ) ދަނޑު ބިން ރަޖިސްޓްރީ ކުރެވިފައިވާ ކެޓަގަރީ

(ނ) ދަނޑު އޮތް ޝަރަހައްދު

(ރ) ދަނޑުގައި އިންދާ ހައްދާ ބާވަތް

(ބ) ދަނޑުގެ ބޮޑުމިން ( އަކަފޫޓުން)

(ޅ) ދަނޑުބިން ރަޖިސްޓްރީ ކުރެވުނު ތާރީޙް

(ކ) ދަނޑުބިމުގެ މުއްދަތު ހަމަވާ ތާރީޙް

(އ) ކުލީގެ ގޮތުގައި އަހަރަކު ދަކަންޖެހޭ ފައިސާގެ މިންވަރު

9

   ދަނޑު ބިމުގެ ދަފްތަރު

އެކުލަވާލާ ލިޔެ ބެލެހެއްޓުން    

 

 

(ހ) މި އުޟޫލުގެ 6 ،7 އަދި 8 ވަނަ މާއްދާގައި ބަޔާންކުރާ ދަނޑުބިންތަކުން ކުލީގެ ގޮތުގައި ކައުންސިލަށް ދިނުމަށް ކަނޑައެޅިފައިވާ ކުލި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެއެވެ.

(ށ) ކުލީގެ ގޮތުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައިކަފިނަމަ ޖުއުރިމަނާގެގޮތުގައި އިތުރުށް ހިނގާ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި ދައްކާފައިސާގެ ތެރެއިން 1% (އެއް ޕަސަންޓް) ފައިސާ ނަގަންވާނެއެވެ. މި ގޮތުން ކުލީގެ ގޮތުގައި ދަކަންޖެހޭ ފައިސާއެއް ނުދައްކާތާ 3 މަސްދުވަހަށް ވުރެ އިތުރުވާނަމަ އެފަރާތަށް ދޫކުރެވިފައިވާ ދަނޑުބިން އުވާލުމުގެ ބާރު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުކައުންސިލް އިދާރާށް ލިބިގެންވެއެވެ.                                        

(ނ) ދަނޑުބިން ތަކަށް ކުލި ނަގަން ފެށާނީ 01 ޖެނުއަރީ 2019 އިން ފެށިގެންނެވެ.            

(ރ) މި ޢުޟޫލަށް އަމަލު ކުރަން ފަށާތާރީހުން ފެށިގެން ދަނޑުބިމުގެ ރަޖިސްޓްރީގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ފައިސާ ދައްކަމުންދާގޮތުގެ ރިޕޯޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.                                  

10

ކުލި ދެއްކުން                     

(ހ) ދަނޑުބިން ސާފްކުރާއިރު ނެގިފައިވާ ތަކެތީގެ ތެރެއިން ކާދު ހެދުމަށް ބޭނުންވާ ތަކެތީގެ ގޮތުގައި ހުންނަ ތަކެތި ކާދު ހެދުމަށް ބޭނުންކުރެވިދާނެއެވެ. އަދި މިނޫންތަކެތި ގެންދަންވާނީ ކައުންސިލުންގެ ކުނި ނައްތާލައި މަރުކަޒަށެވެ.                           

 (ށ) ދަނޑުބިން އޮންނަންވާނީ އަބަދުވެސް ދަނޑުވެރިކަމުގެ ވައްޓަފާޅި އެކުލެވިގެންވާ ދަނޑެއްގެ ގޮތުގައެއެވެ.                                        

(ނ) ދަނޑުތަކުގެ އިން ވަކިކުރުމަށް 3 ފޫޓަށްވުރެ ތިރި ނުވާގޮތަށް ވަށައިގެން އިންވަކިކުރެވިފައި ހުންނަންވާނެއެވެ.                  

11

  ދަނޑުބިން ސާފްކުރުމާއި

  ބެލެހެއްޓުމާއި ކުނި

ނައްތާލުން            

ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމެއްގައި އަންނަނިވި ބާވައްތައް އިންދާ ހެއްދުމާއި އަންނަވިނި ބާވަތްތަކާއި ކަންކަން ކުރުމަކީ މަނާކަމެކެވެ.                    

(ހ) ދަނޑުވެރިކަމުގެ ވުޒާރާއިން ނުވަތަ ސަރުކާރުން އިންދާ ހެދުމަށް މާނާކުރެވިފައިވާ ބާވަތެއް އިންދާ ހެއްދުން.                                       

       (ށ) ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް ދަނޑުގައި ހިންގުން ނުވަތަ ކުރުން

       (ނ) ދަނޑުވެރިކަން ކުރުމަށް ދޫކުރެވުނު ބޭނުން ފިޔަވާ އެހެން ބާވަތެއްގެ ކަމެއް ކުރުން ނުވަތަ އިންދާ ހެއްދުން.

(ރ) ބިން ކޮނުމަށް ހުއްދަ ދެވިފައިވާ ވެޅެއް ފިޔަވާ އެހެން ވަޅެއް ނުވަތަ ވަޅުގަނޑެއް ކޮނުން. 

(ބ) އެއްވެސް ބާވަތެއްގެ ހުޅުހިފާ ޒާތުގެ އެއްވެސް ވައްތަރެއްގެ ތެލެއް ނުވަތަ ކެމިކަލްއެއް 5 ލީޓަރަށްވުރެ އިތުރަށް ދަނޑުގައި ރައްކާކޮށްފައި ހުރުން.

(ޅ) ދަނޑުބިމުގެ ބޭނުމަކަށް ރަށުގެ އެއްވެސް ޝަރަހައްދަކުން ލަކުޑި ނުވަތަ އެނޫންވެސް ތަކެތި ކައުންސިލުގެ ހުއްދަނެތި ކެނޑުން ނުވަތަ އުފުރުން ނުވަތަ ބޭނުންކުރުން.

(ކ) ގަސްގަހާއި ގެއްސާއި ދޫނި ސޫފާ ސޫފި ހިމާޔަތްކުރުމަށާއި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކާ ހިލާފްވުން.

(ވ) ދަނޑުބިމުގެ މަސައްކަތުގައި އިމިގްރޭޝަންގެ ޤަވައިދާ ޚިލާފަށް އުޅޭ،  އެއްވެސް ބިދޭސީއަކު ގެންގުޅެގެން ނުވާނެއެވެ.         

12

ދަނޑުވެރިކަން ކުރުން މަނާ

ބާވަތްތަކާއި އެހެނިހެން

   ކަންކަން               

(ހ) މިޢުޟޫލުގެ 10 މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަމަލު ނުކޮށްފިނަމަ އެފަރާތަށް ދޫކުރެވިފައިވާ ދަނޑު އުވާލުމުގެ ބާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

(ށ) މި ޢުޟޫލުގެ 7 ވަނަ މާއްދާގެ (އ) އަދި 8 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ދަނޑުބިމުގެ މުއްދަތު އިތުރުކުރުމަށް ހުށަނާޅާތާ ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ދަނޑުބިމުގެ މުއްދަތު ހަމަވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ދަނޑުބިން ނެގޭނެއެވެ.                                

(ނ) ކުޔަށް ދޫކުރި ފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ އެދަނޑެއް ވަގުތުން އުވާލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.                           

(ރ) ދަނޑުބިން ކުޔަށް ދޫކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދަނޑިބިން ދޫކުރެވިފައިވާ ފަރާތް ނިޔާވެއްޖެނަމަ އެފަރާތަށް ދޫކުރެވިފައިވާ ދަނޑުބިން " ދަނޑުބިމުގެ މަޢުލޫމާތު ބަދަލުކުރަން އެދޭފޯމް" މެދުވެރިކޮށް 3 މަސް ހަމަވަމުގެ ކުރިން އެފަރާތެއްގެ ވާރިސަކު މެދުވެރިކޮށް ކައުންސިލް އިދާރަށް ހުށަނާޅާނަމަ އެފަރާތަށް ދޫކުރެވިފައިވާ ދަނޑު އުވާލެވިދާނެއެވެ. (ނަމޫނާ ޖަދުވަލް 2)                               

13

ދަނޑުބިން އުވާލުން

ނުވަތަ ނެގުން       

މިއުޞޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ހ) ފުރަތަމަ ފަހަރު 500 ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(ށ) ދެވަނަ ފަހަރު 1500 ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(ނ) ތިންވަނަ ފަހަރު 2500 ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.        

(ރ) ހަތަރުވަނަ ފަހަރު އެފަދަ ފަރާތަކަށް މިއުޞޫލުގެ ދަށުން އެއްވެސް ދަނޑުބިމެއް ނުދެވޭގޮތަށް ސަސްޕެންޑްކުރެވޭނެއެވެ.

(ބ) މިއުޞޫލާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ނުކޮށްފިނަމަ ޝަރުއީ ކޯޓެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ ބާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

14

ފިޔަވަޅު އެޅުން      

މި އުޞޫލުގެ ބޭނުމަށް ނުވަތަ މި އުޞޫލު ތަންފީޒް ކުރުމަށް ތިރީގައިވާ ޤާނޫތަކާއި ޤަވައިދުތަކަށް ރިޔާއަތް ކުރަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ނަމްބަރު 1/2012)

(ށ) ގަސްގަހާ ގެހި ހިމާޔަށްކުރުމުގެ ޤާނޫނު (ނަމްބަރު 12/2011 )

(ނ) ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ނަމްބަރު 18/2014 )

(ރ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަފަރާތްތަކަށް ބިންދޫކުރުމާއި ބޭހޭ ޤަވައިދު (1 މާރޗް 2008)

(ބ) ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވައިދު – ށ.ކަނޑިތީމު ކައުންސިލް (2013/R-281 )

(ޅ) ތިމާވެށި ހިމާޔަތް ކުރުމުގެ ޤަވައިދު- ށ.ކަނޑިތީމު ކައުންސިލް (2013/R-285 )

(ކ) ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާ ސޫފި ގެންގުޅުމާބެހޭ ޤަވައިދު – ށ.ކަނޑިތީމު ކައުންސިލް (2013/R-280)

15

ހަވާލާދެވޭ އެހެނިހެން

ޤާނޫނާއި ޤަވައިދުތައް

(ހ) މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.

(ށ) މި އުޞޫލާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ ނިންމުމަކުން ތަންފީޒްކުރަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ މަސްވަރާގެ މަތީން އެފަދަ މައްސަލައެއް ނިމެންދެން ވަގުތީ އަމުރު ހިންގުމުގެ ބާރު ކައުންސިލް ހިންގުމާއި ހަވަލުވެ ހުންނެވި ވެރިއަކަށް ލިބިގެންވެއެވެ. އަދި މިފަދަ އަމަރުތައް ތަންފީޒްކުރަންޖެހޭނީ ލިޔެކިޔުމުން ފެންނަގޮތަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގެ މުއްދަތު އެންމެ ގިނަވަނެގެން ދެމި އޮންނާނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާއަތް ކުރެވިފައިވާ މައްސަލައަށް ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.

 

16

އުޞޫލަށް ބަދަލު

ގެނައުން           

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލް 1

c

 

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

            ށ. ކަނޑިތީމު

              ދިވެހިރާއްޖ

v

Secretariat of the Kan’ditheemu Council, North Miladhunmadulu

Sh:Kan,ditheem

Republic of Maldives

 

FARM-271-2018/001ފޯރމް ނަމްބަރު:

ދަނޑުބިން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް

 

ރަޖިސްޓްރީ ކުރަނީ

މިހާރުވެސް ގަސް އިންދާ ހައްދާ *

މުޅި އަލަށް ދަނޑެއް ކޮށައިގެން        *

 

ދަނޑުބިމާ ބެހޭ މަޢުލޫމާތު

  1. 1.     ބޭނުންވެލައްވާ ކެޓަގަރީއާއި ދިމާލުގައި P ޖައްސަވާ

އަސާސީ ދަނޑު    *              މެދުފަންތީގެ ދަނޑު  *           ވިޔަފާރި ދަނޑު    *         

ނޯޓް: އަސާސީ ދަނޑެއްނަމަ

ގޯތީގެ ރެޖިސްޓްރީ ނަމްބަރު: .....................................

ބިމުގެ ބޮޑުމިން: ...................................... (އަކަފޫޓުން)

ނޯޓް: ވިޔަފާރި ދަނޑެއްނަމަ

ވިޔަފާރި ރަޖިސްޓްރީ ނަމްބަރު: ..................................

ބިން އޮތް ސަރައްހަދު: .................................................................

  1. 2.          ބިންދޫކުރެވިފައިވާ މުއްދަތާ ދިމާލުގައި P ޖައްސަވާ

 5 އަހަރުގެ މުއްދަތަށް

 8 އަހަރުގެ މުއްދަތަށް

 15 އަހަރުގެ މުއްދަތަށް

 

  1. 3.     ބިންމުގައި ކުރާ ބޭނުންމާ ދިމާލުގައި P ޖައްސަވާ

ފަތްކެޔޮ އިންދާ ހެއްދުން                                                    

ޢާންމު ދަނޑުވެރިކަމުގެ ބާވަތް އިންދާ ހެދުން

ގެރިބަކަރި ކުކުޅުފަދަ ތަކެތި ގެންގުޅުމަށް

ހައިޑްރޯ ފޯނިކްސްގެ ދަނޑުވެރިކަން ކުރުމަށް                     

އެހެނިހެން                                   

 

 

 

ނޯޓް: މިބައި ފުރާނީ އަމިއްލަ ފަރުދެއް ނަމަ ދަނޑުގެ ވެރިފަތާތް ނުވަތަ ކުންފުންޏެނަމަ ކުންފުނީގެ މަޢުލޫމާތު

  1. 1.     ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ މަޢުލޫމާތު

ދާއިމީ އެޑްރެސް: .......................................

ފުރިހަމަ ނަން / ކުންފުނި ނަން: .............................................................

އައޮޑީ ކާރޑް / ކުންފުނި ނަމްބަރު: .........................................................

ގުޅޭނެ ފޯން ނަމްބަރު: .......................................

ދާއިމީ އެޑްރެސް:...................................................................

އުފަން ތާރީޙް / ކުންފުނި ރަޖިސްޓްރިކުރި ތާރީޙް: ..............................................................

ުމަތީގައިވާ މަޢުލޫމާތަކީ ތެދުމަޢުލޫމާތުކަމަށް އަޅުގަނޑު އިޤުރާރުވަމެވެ. އަދި ފޯމްގައި ތެދުނޫން މަޢުލޫމާތެއްވާނަމަ މިފޯރމް ބާތިލް ކުރުމާއި މެދު އަޅުގަނޑު އެއްވެސް އިއުތިރާޒެއް ނެތެވެ.

ނަން:......................................................   ސޮއި / އިގިލީގެ ނިޝާން ..............................     ތާރީޙް:............................

                      ފޯރމް ފުރުމުގެ ކުރިން ފޯރމުގެ އަނެއް ފަރާތް ބައްލަވާލައްވާ !

 

  • މިފޯރމާއި އެކު އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ، ކޮމްޕަނީގެ ޕްރޮފައިލް އަދި ޕްރޮޖެކްޓް ޕްރޮޕޯސަލް އެވެ.
  • އމެދުފަންތީގެ ދަނޑެއް ރަޖިސްޓްރީކުރާނަމަ ގޯތީގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.                         

 

އިދާރީ ބޭނުމަށް

އިދާރީ ބޭނުމަށް

ދޫކުރެވުނު ދަނޑުގެ ބޮޑުމިން:        ×                     ފޫޓް

 ފޯރމްބަލައިގަތް ފަރާތް:................................... ސޮއި:......................... ދަނޑު ދޫކުރި ތާރީޙް:.................................................

   

 

 

 

 

ސަމާލުކަމަށް

  •  ދަނޑު ވެރިފަރާތް  ރަށުގައި ނެތިއްޖެ ހާލަތެއްގައި ، ދަނޑުގެ ކަންތައްތަކުގައި ޒިންމާވާ ފަރާތަށް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލާއި ދަނޑުވެރިޔާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ.
  • ދަނޑުގެ އެއްބަސްވުމުގައި ސޮއިކުރި ފަރާތަކީ ދަނޑުގެވެރި ފަރާތް ނޫންކަމުގައި ވިޔަސް އެއްބަސްވުމުގައިވާ އެންމެހާ ކަންތައްތަކަށް ދަނޑުވެރި ފަރާތާއި އަދި އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުން ޒިންމާވަން ޖެހޭއެވެ.
  • ދަނޑު ދޫކުރާ ދުވަހުން ފެށިގެން 50 ދުވަސް ތެރޭގައި ދަނޑުބިން ސާފްކޮށް ކައުންސިލަށް އަންގަންވާނެއެވެ.
  • ތިރީގައި މިވަނީ ކައުންސިލުން ދޫކުރުމަށް ކަނޑައަޅާފައިވާ ދަނޑުތަކެވެ.

1 އަސާސީ ދަނޑު ( އޭ ކެޓަގަރީ )

2 ފަތްކެޔޮ ދަނޑު ނުވަތަ ދޫނި ސޫފާ ސޫފި ނުވަތަ އެފަދަ ޖަނަވާރު ގެންގުޅުމަށް ނެގޭ ދަނޑު ( ބީ ކެޓަގަރީ )

3 ވިޔަފާރި އުސޫލުން ދަނޑު ހެއްދުމަށް ނަގާ ބިން ( ސީ ކެޓަގަރީ )

 

 

 

 

 

 

 

 

ޖަދުވަލް 2

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

            ށ. ކަނޑިތީމު

              ދިވެހިރާއްޖ

 

Secretariat of the Kan’ditheemu Council, North Miladhunmadulu

Sh:Kan,ditheem

Republic of Maldives

ދަނޑުބިމުގެ މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމް

 

ބަދަލުކުރަން ބޭނުންވާގޮތް

ބިމުގެ ވެރިފަރާތް ބަދަލުކުރުން                 *

ދަނޑުވެރިކަން ކުރާ ތަން ބަދަލުކުރުން          *

ދަނޑުގެ ކެޓަގަރީ ބަދަލުކުރުން                *

 

 

ނޯޓް: މިބައިގައިވާ މަޢުލޫމާތު ހުރިހާ ފަރާތަކަކުން ފުރިހަމަ ކުރަންޖެހޭނެއެވެ.

  1. 2.     ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ މަޢުލޫމާތު

އައިޑީކާރޑް ނަމްބަރު: .......................................

ފުރިހަމަ ނަން: .......................................................................

އުފަން ތާރީޙް: ......................................................................

ގުޅޭނެ ފޯން ނަމްބަރު: .......................................

ދާއިމީ އެޑްރެސް:...................................................................

ދަނޑު ރަޖިސްޓްރީ ނަމްބަރު ................................

ދަނޑުގެ ބޮޑުމިން: ................................... އަކަފޫޓް

ދަނޑުއޮތް ޝަރަހައްދު: ................................................................

 

ނޯޓް: މިބައި ފުރިހަމަކުރާނީ ބިމުގެ ވެރިފަރާތް ބަދަލުކުރަން ހުށަހަޅާނަމައެވެ.

  1. 3.     ބަދަލުވާ ފަރާތުގެ މަޢުލޫމާތު

އަމިއްލަ ފަރާތް                           

އައީކާރޑް / ރަޖިސްޓްރީ ނަމްބަރު: ..................................................

ކޯޕަރޭޓިވް ސޮސައިޓީ                       

ދާއިމީ އެޑްރެސް: ........................................................................

ލޯކަލް އިންވެސްޓްމަންޓް                    

ގުޅޭނެ ފޯން ނަމްބަރު: .................................................................

ކުންފުނި                                 

 އުފަން ތާރީޙް: ..........................................................................

 

ނޯޓް:  މިބައި ފުރިހަމަކުރާނީ ދަނޑުގެ ކެޓަގަރީ އަދި ދަނޑުއޮތް ތަން ބަދަލުކުރަން ހުށަހަޅާނަމައެވެ.

  1. 4.     ބަދަލުވާ ބިމުގެ މަޢުލޫމާތު

ބިންއޮތް ޝަރަހައްދު ބަދަލުކުރުން      

ބިން ބަދަކުރާ ޝަރަހައްދުގެ ނަން: ...........................................

 ބިން ބަދަލުކުރަން ބޭނުވާ ސަބަބު:...................................................

ބިމުގެ ކެޓަގަރީ ބަދަލުކުރުން                   

ބިން ބަދަލުކުރާ ކެޓަގަރީ: ....................................................................

ބިމުގެ ބޮޑުމިން : ..................... އަކަފޫޓު

މަތީގައިވާ މަޢުލޫމާތަކީ ތެދުމަޢުލޫމާތުކަމަށް އަޅުގަނޑު އިޤުރާރުވަމެވެ. އަދި ފޯމްގައި ތެދުނޫން މަޢުލޫމާތެއްވާނަމަ މިފޯރމް ބާތިލް ކުރުމާއި މެދު އަޅުގަނޑު އެއްވެސް އިއުތިރާޒެއް ނެތެވެ.

ނަން:......................................................   ސޮއި / އިގިލީގެ ނިޝާން ..............................     ތާރީޙް:............................

                      ފޯރމް ފުރުމުގެ ކުރިން ފޯރމުގެ އަނެއް ފަރާތް ބައްލަވާލައްވާ !

 

  • މިފޯރމާއި އެކު އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ، ކޮމްޕަނީގެ ޕްރޮފައިލް އަދި ޕްރޮޖެކްޓް ޕްރޮޕޯސަލް އެވެ.                          

 

އިދާރީ ބޭނުމަށް

އިދާރީ ބޭނުމަށް

ދޫކުރެވުނު ދަނޑުގެ ބޮޑުމިން:        ×                     ފޫޓް

 ފޯރމްބަލައިގަތް ފަރާތް:................................... ސޮއި:......................... ދަނޑު ދޫކުރި ތާރީޙް:.................................................

   

 

 

 

 

ސަމާލުކަމަށް

  •  ދަނޑު ވެރިފަރާތް  ރަށުގައި ނެތިއްޖެ ހާލަތެއްގައި ، ދަނޑުގެ ކަންތައްތަކުގައި ޒިންމާވާ ފަރާތަށް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލާއި ދަނޑުވެރިޔާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ.
  • ދަނޑުގެ އެއްބަސްވުމުގައި ސޮއިކުރި ފަރާތަކީ ދަނޑުގެވެރި ފަރާތް ނޫންކަމުގައި ވިޔަސް އެއްބަސްވުމުގައިވާ އެންމެހާ ކަންތައްތަކަށް ދަނޑުވެރި ފަރާތާއި އަދި އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުން ޒިންމާވަން ޖެހޭއެވެ.
  • ދަނޑު ދޫކުރާ ދުވަހުން ފެށިގެން 50 ދުވަސް ތެރޭގައި ދަނޑުބިން ސާފްކޮށް ކައުންސިލަށް އަންގަންވާނެއެވެ.
  • ތިރީގައި މިވަނީ ކައުންސިލުން ދޫކުރުމަށް ކަނޑައަޅާފައިވާ ދަނޑުތަކެވެ.

1 އަސާސީ ދަނޑު ( އޭ ކެޓަގަރީ )

2 ފަތްކެޔޮ ދަނޑު ނުވަތަ ދޫނި ސޫފާ ސޫފި ނުވަތަ އެފަދަ ޖަނަވާރު ގެންގުޅުމަށް ނެގޭ ދަނޑު ( ބީ ކެޓަގަރީ )

3 ވިޔަފާރި އުސޫލުން ދަނޑު ހެއްދުމަށް ނަގާ ބިން ( ސީ ކެޓަގަރީ )

  • އަސާސީ ދަނޑު ފިޔަވާ އެހެން ހުރިހާ ދަނޑަކުން ކުލީގެ ގޮތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ފީ ނަގާނެއެވެ.

 

 

 

 

 

 

 

 

 

 

ޖަދުވަލު 03

c

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ               Secretariat of the Kan’ditheem Council North Miladhunmadulu

ށ. ކަނޑިތިމު                                                            Sh.Kan’ditheem

ދިވެހިރާއްޖެ  Republic of Maldives                                                       

 


                                                   ނަންބަރު:

 

 

ދަނޑު ބިމުގެ ރަޖިސްޓްރީ

 

(ހ)  ދޫކުރާފަރާތުގެ ފުރިހަމަ އެޑްރެސް:

(ށ)  ރަޖިސްޓްރީ  ނަމްބަރު:

(ނ)  ދޫކުރެވުނު ހުއްދައިގެ ބާވަތް: ދަނޑުވެރިކަމުން ތަކެތި އުފެއްދުމަށް

(ރ)  ދަނޑު ބިމުގެ ނަމްބަރ: A1001

(ބ)  ދަނޑުގެ ބާވަތް ބޮޑު މިނާއި އެކު : އޭ ކެޓަގަރީ ( 500 އަކަފޫޓް )

(ޅ) ރަޖިސްޓްރީ އަށް ދަށްކަންޖެހޭ ފައިސާގެ އަދަދު :

(ކ) ރަޖިސްޓްރީކުރި ތާރީޙް: 05 ފެބްރުއަރީ 2016

(އ)  ދަނޑު ދޫކުރި މުއްދަތު : 05 އަހަރު

(ވ)  މުއްދަތު ހަމަވާ ތާރީޙް: 05 ފެބްރުއަރީ 2019

 

01 އޭޕްރީލް 2018

އާމިނަތު އަޙްމަދު

ށ. ކަނޑިތީމު ކައުންސިލްގެ ރައީސާ

 

 

 

 

 

 


ޖަދުވަލު 04

 

 


މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ

ށ.ކަނޑިތީމު

މިލަދުންމަޑުލުއުތުރުބުރީ ކަނޑިތީމުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރު

                                             
                                             

ދަނޑުބިމަށް ބިމުކުލީގެ ގޮތުގައި އަހަރަކު ދަކަންޖެހޭ ފައިސާގެ މިންވަރު

ދަނޑުވެރިކަން ކުރާ ބިމުގެ ޖުމްލަ ބޮޑުމިން (އަކަފޫޓުން)

ބިން ދޫކުރެވިފައިވާ މުއްދަތު R

ބިމުގައި ކުރާ ބޭނުން R

ދަނޑުބިމާ ބެހޭ މައުލޫމާތު R

ތާރީޙް

ފޯން ނަންބަރު

އުފަންތާރިހް

ދާއިމީ އެޑްރެސް

ޖިންސް (އ/ފ)

އައިޑީ ކާރޑު ނަމްބަރު

ދަނޑުވެރިޔާގެ ނަން

 

#

15އަހަރުގެ މުއްދަތަށް

8އަހަރުގެ މުއްދަތަށް

5 އަހަރުގެ މުއްދަތަށް

އެހެނިހެން

 ހައިޑްރޮފޯނިކްސ ދަނޑުވެރިކަން ކުރުމަށް

 ގެރިބަކަރި ކުޅުފަދަ ތަކެތި ގެންގުޅުން

 ޢާންމު ދަނޑުވެރިކަމުގެ ބާވަތް އިންދާ ހެއްދުން

 ފަތްކެޔޮ އިންދާ ހެދުން

 ވިޔަފާރި ދަނޑު

 މެދުފަންތީގެ ދަނޑު

 އަސާސީ ދަނޑު

މުއްދަތު ހަމަވާ

ރަޖިސްޓްރީ ކުރި

ރަޖިސްޓްރީ ނަންބަރު

1500ރ

5000

 

ü

 

 

 

 

 

ü

 

ü

 

 31 މާރޗ 2026

1އޭޕްރީލް 2018 

9890581

16/07/1978

ރާސްޕަރީގެ / ށ.ކަނޑިތީމް

ފ

A267015

އަޙްމަދު ޝާދިޤް

C-C-01/00001

1

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ޖަދުވަލް 5

 

 

 

މިލަދުންމަޑުލުއުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

ށ.ކަނޑިތީމު 

ދިވެހިރާއްޖެ.

c

 

 

 

Secretariat of the Kan’ditheemu Council, North Miladhunmadulu

Sh. Kan’ditheemu

Republic of Maldives.

 ----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ނަމްބަރ: (AGR)271-ESMS/PRIV/2017/1

 

ދަނޑުވެރިކަން ކުރުމަށްޓަކައި ދޫކުރެވޭ ބިމުގެ އެއްބަސްވުން

 

* -    ދަނޑު ބިން ދޫކުރި ފަރާތް :         މިލަދުންމަޑުލުއުތުރުބުރީ ކަނޑިތީމުކައުންސިލްގެ އިދާރާ

* -    ބިމާއި  ޙަވާލުވާ ފަރާތް:            އަޒީމާ ނަޢީމް / ކޮކްނެޓްހައުސް / ށ.ކަނޑިތީމު

 

ތަޢާރަފް:

މި އެއްބަސްވުމަކީ ށ.ކަނޑިތީމްގައި ދަނޑުވެރިކަމުން ތަކެތި އުފެއްދުމަށްޓަކައި 500 އަކަފޫޓްގެ ބިމެއް ދިނުމަށް މިރަށު  ...................................................... އާއި ކަނޑިތީމު ކައުންސިލްގެ އިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެކެވެ. މިއެއްބަސް އެކުލަވާލެވިފައިވާނީ އުޞޫލް........................... ދަށުން އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

 

  1. ދަނޑު ކުރެވޭނެ މަސައްކަތްތައް:

                މި އެއްބަސްވުމުގެ ދަށުން ދަނޑުގައި ކުރެވޭނެ މަސައްކަތްތަކަކީ ދަނޑުވެރިކަމުގެ މަސައްކަތްތަކެވެ.

ބާވަތްތައް: ކަރާ.............

 

  1. މުއްދަތު:

ދަނޑު ދޫކުރެވޭ މުއްދަތަކީ ސޮއިކުރާތާރީހުން ފެށިގެން މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. މުއްދަތު ފެށޭ ތާރީޙަކީ ....................... އިން ފެށިގެން ................................. ވަނަ ދުވަހާއި ހަމައަށެވެ.

 

  1. ދަނޑުބިން ބޭނުންކުރަންޖެހޭނެ ގޮތް

3.1.   ދޫކުރެވޭ ދަނޑު ބިމުގައި ހުއްދަ ދެވުނު ބާވަތް ފިޔަވާ އެހެން ބާވަތްތައް ހައްދައިގެން ނުވާނެއެވެ.

3.2.   ދޫކުރެވޭ ދަނޑުގެ އިން ވަކިކުރެވިފައި ހުންނަންވާނީ ވަށައިގެން 3 ފޫޓަށްވުރެ ތިރި ނުވާ ގޮތަށް ވަކި ކުރެވިފައެވެ.

3.3.   ދޫކުރެވޭ އިންފާރު އެތެރޭގައި ރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކާއި ހިލާފް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

3.4.   ދަނޑުބިމުގައި އާނުކަނޑައިގެން ކޮނެވޭނީ ދަނޑަށް ފެންދިނުމަށްޓަކައި 1 ވަޅެއެވެ. މިނޫން އެއްވެސް ބޭނުންމަކަށް އާނުކަނޑައިގެން ވަޅެއްކޮނެގެން ނުވާނެއެވެ.

3.5.   ގަސް އިންދާ ހެއްދުމަށްޓަކައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ބޭސްފަދަތަކެތި ހުންނަންވާނީ ބަންދުކުރެވިފައެވެ.

3.6.   ދަނޑުގެ ސާފްތާހިރު ކަމަށް ހާއްސަ ސަމާލްކަމެއް ދޭންވާނެއެވެ.

3.7.   އެގްރީމެންޓްގެ ދަށުން ދޫކުރެވޭ ދަނޑުބިން ކޮންމެ 6 މަހަކުން އެއްފަހު މޮނީޓަރ ކުރެވޭނެއެވެ.

 

 

 

  1. މޮނީޓަރ ކުރުމާއި ފީނެގުން

4.1.   މިއެގްރީމެންޓްގެ ދަށުން ދޫކުރެވޭ ދަނޑުބިން ކޮންމެ 6 މަހަކުން އެއްފަހަރު މޮނީޓަރ ކުރެވޭނެއެވެ.

 

4.2.   މި އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ދަނޑުގެ ކުއްޔަކީ މަހަކު 50 ރުފިޔާއެވެ.

 

 

 

  1. އެއްބަސްވުން އުވާލުން:

5.1.   މި އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ހިލާފް ވެއްޖެކަން ކައުންސިލަށް ފާހަޤަކުރެވިއްޖެ ނަމަ އެއްބަސްވުން އުވާލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން އެއްބަސްވުން އުވާލުމުގެ ކުރީގައި އެކަމެއް ހައްލުކުރުމަށް ލިޔުމުން 07 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އެއްބަސްވުން އުވާލެވޭނެއެވެ.

5.2. މި އެއްބަސްވުމުގެ ދަށުން ދަނޑާއި ހަވާލުވާ ފަރާތުން ކުރިޔަށް އެއްވެސް ފައިސާ ދައްކާފައިވާނަމަ ވީ މުއްދަތަށް ބަލާ އިތުރުވާ ފައިސާ އެފަރާތަށް ހަވާލްކުރަންވާނެއެވެ. އަދި ދަނޑުގެ ވެރިފަރާތުން ދައްކަށްޖެހެ ފައިސާ ރަސްމީ 07 ދުވަހުގެ ތެރޭގައި ދައްކާ ހަލާސކުރަން ވާނެއެވެ.

5.3.  ދަނޑުގެ ވެރިފާރާތުގެ މައްސަލައެއްގައި ދަނޑުގެ އެއްބަސްވުން އުވާލަން ޖެހިއްޖެ ކަމަށް ވަނީ ނަމަ ޖޫރުމަނާގެ ގޮތުގައި 500 ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ. އަދި ދަނޑު ބިން ނުލިބޭގޮތަށް 06 ދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

5.4. އަދި މީގެ އިތުރުން މަސައްކަތާއި ޙަވާލުވާފަރާތުން މިމަސައްކަތް ދޫކޮށްލަން ބޭނުންވެއްޖެނަމަ ސަބަބު ބަޔާންކޮށް ދޫކޮށްލަން ބޭނުންވާ ތާރީޚުގެ 15 ދުވަސް ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހަޅަން ވާނެއެވެ.          

 

  1. އެއްބަސްވުން ނިންމުން:

6.1.   މި އެއްބަސްވުމުގައި މިވާ ކަންތައްތަކަށް ދެފަރާތުންވެސް ފުރިހަމައަށް އިތުބާރުކޮށް އިޙްތިރާމް ކުރަންޖެހޭނެއެވެ.

6.2.   މި އެއްބަސްވުމުގައި ބަޔާންކުރެވިފައިނުވާ އެއްވެސްކަމެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރާނީ ވެރިފަރާތާއި ކައުންސިލާ ވާހަކަ ދައްކާގެންނެވެ. މިގޮތުންވެސް ހައްލު ނުވެއްޖެ ކަމުގައި ވަނީ ނަމަ އެފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން ހައްލުކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

6.3.   މި އެއްބަސްވުމުގައި އަޅުގަނޑު ސޮއި މިކުރަނީ އެއްބަސްވުން ރަނގަޅަށްކިޔުމަށްފަހު އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރެވޭނެތީއެވެ.

 

........................

މަސައްކަތް ކުރުވާ ފަރާތް

 

 

...................

.........................

12-10-2017

 

 

އާމިނަތު އަޙްމަދު

ކަނޑިތީމު ކައުންސިލްގެ ރައީސް

12-10-2017

01 އޭޕްރިލް 2018
ހޯދާ