މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކެނޑުމާބެހޭ

      މިރަށު މިސްކިތްމަގުގެ ހުޅަނގު ކޮޅަށާއި އެމަގު ހިމެނޭ ސަރަޙައްދުގެ ގޯޅިތަކަށް އަރާ ކަނޑާ ނަންބަރު  ޖަހާފައިވާ ރުއްގަހާއި،އަލަށް ދޫކުރި ގެވަޅުތަކުގެ ބިއްދަށުން ހަދާ މަގަށް (މިސްކިތްމަގުގެ ދެކުނު މަގު) އަރާ ކަނޑާ ނަންބަރު ޖަހާފައިވާ ރުއްގަސް އެރުއްގަސް ހުރި ތަނުގެ ބިމުން ފެށިގެން އަޑިއަށް 6 އިންޗި ހުންނަވަރަށް ކަނޑާ ބޭނުންނުވާ ބައިތައް އުކާ، ތަންސާފުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

      ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ އަގު ހުށަހެޅުއްވުން އެދެމެވެ.                                                 

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 2020 ޑިސެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 13:00 ށް ޅައިމަގު ކައުންސިލް އިދާރާއަށެވެ.
  • އަންދާސީ އަގު ހުށަހެޅުމަށް ވަޑައިގަންނަވާނީ 2020 ޑިސެމްބަރ 16 ވާ ބުދަދުވަހުގެ 13:00 ށް ޅައިމަގު ކައުންސިލް އިދާރާއަށެވެ.

     މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

07 ޑިސެންބަރު 2020
ހޯދާ