ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާބެހޭ

 

މިމަރްކަޒުގައި ކުރަންހުރި މަރާމާތްތަކުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެމަސައްކަތްތަކުގެ މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު އެންމެ ހެޔޮ އަގުގައި އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒްގެ މަރާމާތާއި ގުޅޭ ގޮތުން ދެވޭ މަޢުލޫމާތު ކަރުދާސް (2020) 

 

  1. 1.    ތަޢާރަފް:

 

  މިއީ ކީރިތި ޤުރުއާނާބެހޭ  ޤައުމީ މަރުކަޒު މަރާމާތުގެ މަސައްކަތްކުރުމާ ބެހޭގޮތުން ލިޔުމުން ދެވޭ މަޢުލޫމާތު ކަރުދާހެކެވެ.

 

 

1.1 ކީރިތި ޤުރުއާނާއި ބެހޭ ޤާއުމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ކުރަންވީ ތަންތަނާއި ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލް.

 

1.2 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މަސައްކަތް ކުރާ ސްޓަރފް މީޓިންގ ހޯލް މަރާމާތުކުރުން

ހ. 17 ފޫޓް 17 ފޫޓް މީޓިންގ ހޯލް ބޮޑުކުރުމަށް ފާރުތަޅާލުން 17 ފޫޓް 10 ފޫޓް ފާރު ތަޅާ އެތަކެތި ނެގުން

ށ. 15 ފޫޓް 10 ފޫޓްގެ ދިގު އޭރިއާގެ ބޮކްސް އެއްހަދާ އެތަނުގައި ލަކުނޑި ބޮކްސްއެއްގެ ތެރެއިން ފެންހޮޅި ބޭރަށް ބަދަލު ކުރުމަށް ހޮޅިއާއި ފިޓިންގްސް އާއި އެކު ފުރާޅާހަމައަށް ފާރު ތަޅާލާ އޭރިއާގައި ތަށިމުށި ޖެހުން

ނ. މި އޭރިއާގައި ކޯނިސް އެޅުން

ރ. މިތަނުގައި ހުރި ތަކެތި ނަގާ އެހެންތަނަކަށް ބަދަލް ކުރުން

ބ. މީޓިންރޫމްގެ ފާރު ތަޅާ 01 ބޮޑު ދޮރު ދޮރުފަތާއި އެކު ފާރުކޮށާ 10 ފޫޓް 08 ފޫޓް ފާރެއް ރާނާ ބޭރު ފާރު ހަމަ 10 ފޫޓް 08 ފޫޓް ފާރެއް ރާނައި އެތަނުގައި ފުރާޅެއްލައި މި އޭރިއާގައި ތަޅުން އަޅައި ތަށިމުށި ޖަހާ ތަނުގައި ކުލަލުން އަމިއްލަ ތަކެތީގައި ތަޅުމުގެ އޭރިއާ އަކީ 09 ފޫޓް 08 ފޫޓް ކަމުގައި މިތަނުގެ ފެންވައިރު ރަނގަޅު ކުރުން .

 

1.3 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުރީގެ ރިސެޕްޝަން އޭރިއާ އާއި ރައީސްގެ ކޮޓަރި މަރާމާތު ކުރުން

ހ. 20 ފޫޓް 19 ފޫޓް ފުޅާ އޭރިއާގެ ޓިނު ދިނުމުން ކުރީގެ ހުރި ޓިނުތައް ނަގާ އެތެރެއަށް ފެންލީކް ވާ މައްސަލަ ހައްލު ކުރުން

ށ. ބޭރުން އޮންނަ ދިޔަދޮވި ބަދަލުކޮށް ރަނގަޅު ކުރުމަށް ފަހު ދަވާދު އާއި ކުލަލާ ރީތި ކުރުން

 

1.4 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒްގެ ސްޓޮކް ރޫމް މަރާމާތު ކުރުން:

 

ހ. 688.79 އަކަ ފޫޓް އޭރިއާގައި ހުންނަ ޓިނު ނަގާ ލައިޝާޓް ސެކަންޑް ހޭންޑްގެ ޓިނު ދިނުމުން އެތަކެތި އެތަނަށް ހެޔޮވަރުކޮށް ބުރިކޮށް އަމިއްލައަށް ލައިޝާޓް އޮމާންޓިނު ފެންލީކް ނުވާގޮތަށް އަޅާ މި އޮމާންޓިނާއި އިސްކުރު އަދި ފޯރމް އަޅާފުރާޅު ތައްޔާރު ކުރުން

ށ. 30.7 ފޫޓް ދިގު ދިޔަދޮވި "6 އިންޗި ވަރަށް އެއްކޮޅަށް ތިރިކޮށް މި ފާރު ތަޅާއޮމާންކޮށް "4 އިންޗި ޕީ.ވީ ސީ ހޮޅިން ކުރިން ހުރި ގޮތަށް "6 އިންޗި ދިޔަދޮވި އެއްކޮޅަށް ތިރިވާގޮތަށް ދިޔަދޮވި ހަދާ މި ދިޔަދޮވި ބަހަށްޓާ އިރު މަތީގައި ދާ އަޅާފައި ބެހެއްޓުން

ނ. ސީލިންގް ހަލާކު ވެފައިވާ  644.4 އަކަފޫޓްގެ ސީލިންގ ނަގާ އެތަނުގައި ސީލިންގ ކުރުން އަދި ޖިބްސަން ބޯޑު ބޭނުންކޮށްގެން އަމިއްލަ ތަކެތީގައި މަސައްކަތް ކުރުން .

ރ. 180 ފޫޓްގެ އޭރިއާގައި ކޯނިސް ޖެހުން

ބ. 630 އަކަ ފޫޓްގެ ފާރުގައި ކްރެކްތައް ބައްދައި ވޯޓަރސީލް އެއްލައި ކުލަލާ ދަވާދު ލުން މި އޭރިއާގައި 06 ލައިޓް ކަރަންޓް ވައިރުކޮށް ( ސީލިންގ ލައިޓް ލެޑް ލައިޓް ) ނިންމުން

 

1.5 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްފަރާތްތައް ތިއްބަވާ ކޮޓަރި މަރާމާތު ކުރުން

ހ. 04 ކޮޓަރީގެ ޕާޓްޝަން ފްލައިވުޑް ފިލާ ބޭނުންކޮށްގެން ކުރުމަށް ފަހު ދަވާދު އާއި ކުލަލާ ތަން ރީތި ކުރުން

ށ. 05 ބޮޑުދޮރު އަލިކުރާ ބިއްލޫރިއާއެކު އެތަނުގައި ހުރި ސާމާނުތައް ނަގާ ދޮރުކަނި ހަރުކުރުން، ތަނުގެ ކުލައާއި ދަވާދު ލުން

ނ. ދޮރު ފަތުގެ ތަޅާއި ހުޅުހަރުކޮށް ދަވާދު ލައި މަސައްކަތް ފުރިހަމަ ކުރުން

ރ. ބޭރު އަސްކަނި ހޮޅިތައް ނިވާކުރުން

ބ. އަސްކަނީގެ ސީލިން ސިމެންތި ފިލާއިން 45 ފޫޓް 04 ސަރަހައްދު ސީލިންގކޮށް ދިޔަ ދޮވި ރަނގަޅު ކުރުން

 

1.6 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ގޮފީގެ އިމާރާތް މަރާމާތު ކުރުން 

 

މި އިމާރާތުގެ ފާޚާނާގެ މަސައްކަތާއި ކައުންޓަރ އެއް ބެހެއްޓުމުގެ މަސައްކަތް ކުރުން

 1.7 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒްގެ ކްލާސް ރޫމްތަކުގެ މަރާމާތު ކުރުން

ހ. 3 ކްލާސްރޫމް ގައި ކުލަ ފޮޅިފައިވާތީ ، ކުލަކަހައި ވޯލްސީލް ލުމަށް ފަހު ކުލަލާ ރީތި ކުރުން

ށ. ފުރާޅުން ފެންލީކްވެފައިވާ ކްލާސްތައް ބަލައި ފުރާޅުގެ ޓިނުތައް ބަދަލު ކުރުން މިހާރު ހުރި ދިޔަ ދޮވިތައް ނަގާ އަލުން ދިޔަދޮވިތައް ފެން ލީކް ނުވާގޮތަށް އެޅުވުން

ނ. އެދިޔަ ދޮވިތަކުގައި ދާއަޅާ ކުނި ނުވަންގޮތަށް ބެހެއްޓުން

ރ. 960 އަކަފޫޓްގެ އޭރިއާ ކްލާސް ރޫމް ސިމެންތި ކޮށާ އަލުން ހިލަ ވެލީގައި ވޯޓާރ ޕްރޫފް ރޭޝިއޯއަށް ސިމެންތި ތައްޔާރުކޮށް ޖެހުން

 1.8 ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒްގެ ފާޚާނާތައް މަރާމާތު ކުރުމުގެ މަސައްކަތް

 ހހ. 02 ފާޚާނާގެ ތަޅުމުގައި ހުރި ތަށި މުށި ނަގާ އަލުން ތަށި މުށި ޖެހުން އަދި ތެޅުމުގައި ހުރި ތަށިމުށިތައްވެސް ނަގާ އަލުން ޓަށިމުށި ޖެހުން 

ނ. 02 ފާޚާނާގައި ހުރި ބާ ތަށި ނަގާ އާ ފާޚާނާކުރާ އުސްތަށި ބެހެއްޓުން

ރ. 02 ފާޚާނާ ފެންވައިރު މަރާމާތު ކުރުމަށް ފޮލޯޑޮރޮއިން ރަނގަޅު ކުރުން ޖަންކްޝަން މަރާމތުކޮށް ސާފްކުރުން

ބ. ދެފާޚާނާގައިވެސް ވައި / ވަސް ދާރުވާގޮތަށް ފާޚާނާ ހުރުން .

ރ. މިޒަމާނަށް ފެތޭގޮތަށް ޤަވާއިދާއި އެއްގޮތަށް ޖަންކްޝަން މަސައްކަތްތައް ފުރިހަމަ ކުރުން

 

2 .މަސައްކަތްތައް  ކުރުމަށް ބަހާލެވިފައިވާ ވަގުތު

    ހ. މަސައްކަތުގެ ވަގުތަކީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާވަކި ވަގުތު ތަކެއްގައި ކުރެވޭނެ މަސައްކަތް ތަކެކެވެ.

    ށ . މަސައްކަތް ހަވާލު ވާފަރާތައި މި މަސައްކަތް ކުރަން ޖެހޭ ވަގުތު ލިޔުމުން މަޢުލޫމާތު ހިއްސާކުރެވޭނެ އެވެ.

 3.     ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރްކަޒުގެ މަރާމަތުގެ މަސައްކަތްތަކާއި ހަވާލްވާ ފަރާތުން ފުރިހަމަކޮށް ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް:

ހ.  ކީރީތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒްގެ ބަޔާންވެ ދެންނެވުނު ކޮންމެ މަސައްކަތެއްވެސް އަމިއްލަ ތަކެތީގައި ކުރުން  

ށ. ކުރެވޭ ކޮންމެ މަސައްކަތެއް ވެސް ނުވަތަ ގަނެވޭ މުދަލުގެ އަގު ލިސްޓް ފެންނަގޮތަށް ހުރުން

ނ. މަރާމާތު ކުރުމުގެ ތެރެއިން ދިމާވާ އިތުރު ގެއްލުމެއް ދިމާވެއްޖެނަމަ އެކަން ޤަވާޢިދުން މަރުކަޒަށް އަންގަމުން ގެންދަން ވާނެއެވެ.

ރ. ތަނުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް އިތުރުވަގުތު ބޭނުން ވެއްޖެ ހިނދެއްގައި ބަދަލުކުރެވޭނީ މަޤްބޫލު އުޒުރެއް މެދުވެރިވެގެންނެވެ. އަދި މިފަދަ ޙާލަތެއްގައިވެސް އެކަން މަރުކަޒުގެ ކަމާބެހޭ ވެރިއަކަށް އަންގަމުން ގެންދަން ވާނެއެވެ.

ބ. ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ވަދެނިކުމެ ހެދުމުގައި ތަނުގެ އުސޫލާއި މިންގަޑު ބޭނުން ކުރަން ވާނެއެވެ.

  1. 4.      ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ކުރާ ފަރާތް ހަމަޖެއްސުން:

ހ. މަސައްކަތްކުރާނެ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

ށ. މި މަސައްކަތާއި ހަވާލު ވާ ފަރާތްތަކަކީ ސަރުކާރުގެ ހުއްދަލިބިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން ލާޒިމެވެ.

ނ. މާލީ ވަސީލަތްތަކާއި ޤާބިލު ކަމާއި އެހާލަތަކަށް ބެލޭނެއެވެ.

ރ. ބޭނުންކުރާ އެކިއުޕްމެންޓާއި އެހެނިހެން ވަސީލަތްތަކަށް ބެލޭނެއެވެ.

ބ.ކުރިންކޮށްފައިވާ ބޮޑެތި މަސައްކަތް ތަކުގެ ރިޕޯޓްތަކަށް ބެލޭނެއެވެ.

 5.    ކީރތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ތަކާއި ހަވާލްވާ ފަރާތްތަކުގެ ޒިންމާ  

ހ. މަސައްކަތާއި ހަވާލުވާ ފަރާތުން މަސައްކަތް ކުރުމުގައި އެވަގުތު ހުންނަވާ އިސްފަރާތަކާއި މަޝްވަރާކުރެވެން ވާނެއެވެ.

ށ. މަރާމާތުގެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އެއްވެސް އެއްޗެއް ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އެއަށްވާ އަގު ނުވަތަ އެފެންވަރުގެ އައު އެއްޗެއް ހޯދައިދޭން ޖެހޭނެއެވެ.

ނ. މަސައްކަތްކުރާ ފަރާތާ ، ޙަވާލުކޮށްފައިވާ މަސައްކަތްކުރާ ސަރަހައްދު ފުރިހަމައަށް ބަލައި އޭގެ އެންމެ އެދެވޭ ގޮތުގައި އެމަސައްކަތެއް ފުރިހަމަ ކުރުމުގެ އިންތިޒާމް ބެލެހެއްޓެން ވާނެއެވެ.  އަދި  ޤަވާޢިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

ރ. މަސައްކަތަށް ބޭނުންވާ ޓިނު ފިޔަވައި އެހެންހުރިހާ ސާމާނެއް ހޯދަންޖެހޭނީ މަސައްކަތް ކުރާފަރާތުންނެވެ.

 

6. ހުށަހަޅަން ޖެހޭ ލިޔުންތައް:

ހ. މިދާއިރާއާއި ގުޅޭ ތަޖުރިބާހުރިކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.

ށ. ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ކުންފުނީގެ ޕްރޮފައިލް އެނގޭގޮތައް ހުށައަޅަން ވާނެއެވެ.

ނ. އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ރ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގައި މަސައްކަތް ތާވާލު ކުރެވޭ ގޮތުގެ ލިޔުމެއް ހުށައަޅަން ވަނެއެވެ.

ބ. ކުންފުނީގެ ނުވަތަ މަސައްކަތާއި ހަވާލުވާ ފަރާތުގެ ތަޖުރިބާ އެނގޭނެ ލިޔުންތަކާއި ކޮށްފައިވާ މަސައްކަތުގެ ތަފްސީލް ރިޕޯޓް އެނގެން އޮންނަން ވާނެއެވެ.

ޅ. މަސައްކަތް ހަވާލުވާ ފަރާތުން އެއްވެސް ޝަރުޢީ ކޯޓެއްގައި ހިނގާފައިވާ ކަމެއް އޮތްނަމަ އެކަމެއް ބަޔާން ކުރެވެން ވާނެއެވެ.

7- މަރުކަޒުގެ ޓެންޑަރ ކޮމެޓީއިން ބަލާނެ ކަންތައްތައް:

ހ. އަންދާސީ ހިސާބުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުން. ( އަންދާސީ ހިސާބު ހުޅުވައި ޗެކްކުރާއިރު އަންދާސީ ހިސާބުގައި ޖުމްލަ އަގު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސޮއި ނެތް އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ. (

ށ. އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ޙާޟިރުވި ފަރާތްތަކުންކަން ކަށަވަރު ވުމުންނެވެ. 

8-    އަގު ހުށަހެޅުން

ހ. އަގު ހުށަހަޅަންޖެހޭނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މަރާމާތު މަސައްކަތައް ޖުމްލަ ހިނގާނެ ޚަރަދު (ޖީ.އެސް.ޓީ) އާއިއެކުގައެވެ.

ށ. އަގު ހުށަހަޅާފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ދިވެހި ބަހުންނެވެ.

 

9-    މާކްސް ދެވޭނެގޮތުގެ ތަފްޞީލް:

ހ. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރައިގެ  ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

ށ. ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

ނ. ބިޑު ކާމިޔާބު ކުރި ފަރާތަށް އެއްވެސް ސަބަބަކާއި ގުޅިގެން ބިޑު އެވޯޑު ކުރެވޭގޮތް ނުވެއްޖެނަމަ ދެން ބިޑު އެވޯޑު ކުރެވޭނީ ޕޮއިންޓުގެ ގޮތުން 2 ވަނަ އަށް ހޮވިފައިވާ ފަރާތަކަށެވެ.

ރ. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

10- އަންދާސީ ހިސާބު ހުށަހެޅުން

  1. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިމާރާތުގެ މަރާމާތުތައް ކޮށްދިނުމަށް އެދި "

އަންދާސީ ހިސާބު ހަށައެޅޭނީ 01 ދުވަހާއި 07 ދުވަހާއި ދެމެދުގެ މުއްދަތު ގައެވެ.

 

11- މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގައި ޕޮއިންޓްދޭ އުޞޫލު

މި މަސައްކަތައް ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލާ، ވަޒަންކުރުމުގައި އަގާއި، މުއްދަތުގެ އިތުރުން ތިރީގައިއެވާ ކަންކަމުގެ މައްޗަށް ބަލައި އެއިން ކޮންމެ ބަޔަކަށް ޕޮއިންޓް ދެވޭނެއެވެ. އަންދާސީ ހިސާބު ބަލާ ކޮމިޓީއިން ޕޮއިންޓްދީ މަސައްކަތް ޙަވާލުކުރެވޭނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

 

އަންދާސީ ހިސާބު/ބިޑަށް މާކްސް ދެވޭގޮތުގެ ތަފްސީލް

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް

ތަފްޞީލް

ފޯމިއުލާ

އަގު

60

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެކުޑަ އަގަކަށެވެ.

ދެވޭނެ މާކުސް x އެންމެ ކުޑަ އަގު / ހުށަހެޅި އަގު = ލިބުނު މާކުސް

ތަޖްރިބާ

20

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މިދާއިރާ އާއި ގުޅޭ ތަޖުރިބާ ހުރިކަން އަންގައިދޭ ރަސްމީ ލިޔުންތަކަށް ބަލައި ކޮނެމް އަހަރަކަށް 2 ޕޮއިންޓްގެ ރޭޓުން ގިނަވެގެން 5 އަހަރުގެ ތަޖުރިބާ އަށް ޕޮއިންޓްދޭ ގޮތަށެވެ.

އަހަރުގެ ޢަދަދު x 2 = ލިބުނު މާކުސް

މާލީ ކެޕޭސިޓީ

15

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މާލީ ޙާލަތު ބަޔާންކުރާ ބޭންކުގެ ރަސްމީ ލިޔުންތަކަށް ބަލައި މާލީގޮތުން އެންމެ މަތީ ފައިސާގެ ޢަދަދު އެއީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މާލީ ފައިސާގެ ޢަދަދުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެގިނަ މާކްސް ލިބޭނީ މާލީގޮތުން އެންމެ ގިނަ ޢަދަދެއްގެ ފައިސާ ހުރިކަން ސާބިތު ކޮށްދެވޭ ރަސްމީ ލިޔުމެއް ހުށަހަޅާ ފަރާތަށެވެ.

ދެވޭނެ މާކުސް /  އެންމެ މަތީ މާލީ ކެޕޭސިޓީ x ހުށަހެޅި ސްޓޭޓްމަންޓުގެ ޢަދަދު = ލިބުނު މާކުސް

މުވައްޒަފުންގެ ޢަދަދު

15

  • މާކްސް ދެވޭނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭނެ މުވައްޒަފުންގެ ޢަދަދަށް ބަލައި  ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ ޢަދަދުގެ މެދުގައި ބަހާލައިގެންނެވެ.
  • ·        މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ ޢަދަދަކަށް މުވައްޒަފުން ގެންގުޅޭނެކަމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަކަށެވެ.

ދެވޭނެ މާކުސް / ބެންޗްމާކް މުވައްޒަފުންގެ ޢަދަދު x ހުށަހެޅި މުވައްޒަފުންގެ ޢަދަދު = ލިބުނު މާކުސް

 

މަސައްކަތް ކުރާ ފަރާތުގެ އައިޑެންޓިފިކޭޝަން ކާޑުގައި ހުރުން ލާޒިމް ބައިތައް:

 

  1. މީހާގެ ފޮޓޯ.
  2. ފުރިހަމަ ނަން.
  3. އައިޑީ ކާޑު ނަންބަރު.
  4. މަޤާމް.

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 10 ޑިސެންބަރ 2020 ވާ އަންގާރަ ދުވަހު 10:00 ށް ކިރިތި ޤުރްއާނާބެހޭ މަރްކަޒަށް ޙާޒިރުވެ ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 16 ޑިސެންބަރ 2020 ވާ އަންގާރަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މި މަސައްކަތް ޙަވާލުކުރުމުގައި މަސައްކަތްތަކުގެ ޖުމްލަ އަގަށާއި ކުރިން މިފަދަ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

08 ޑިސެންބަރު 2020
ހޯދާ