އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުސަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން

އޮކްޓޫބަރު 2020 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ހިންގުން ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާގޮތަށް ހަމަޖެހި މި ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް މިހޮސްޕިޓަލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާތީ، މި ހޮސްޕިޓަލް ގައި މަސައްކަތް ކުރާނެ ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިވާކަން ބަޔާންކޮށް "އެޖެންސީތަކުގެ ގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 16 ޑިސެންބަރ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން  މިހޮސްޕަޓަލަށް ހުށަހެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު އެއްއަހަރުދުވަހުގެ މުހުލަތަށް ދެވިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6885046 އާ ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2020
ހޯދާ