ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ |
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް / މާލެ، ދިވެހިރާއްޖެ |
|
އެމް.އެން.ޔޫ މާލެ، ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ލ. ގަން ކެމްޕަސް އަދި ނ.މަނަދޫ، ރ.އުނގޫފާރު އޯ.އާރ.ސީ ގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. |
||
ދާއިރާ: |
Auditing Financial Management Taxation Islamic Finance Financial Reporting Management Accounting Financial Modelling and Computerized Accounting Business Marketing Economics Management Human Resource Management English Language Statistics |
|
ޝަތުރު: |
ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގުރީ ހާސިލްކޮށްފައިވުން |
|
އުޖޫރަ: |
100 ނުވަތަ އެއަށްވުރެދަށް ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/200 ދިވެހިރުފިޔާ 300-200 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/225 ދިވެހިރުފިޔާ 400-300 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/275 ދިވެހިރުފިޔާ 500 ލެވެލްގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/500 ދިވެހިރުފިޔާ މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ. |
|
ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި |
1-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 2-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ވަޒީފާއަށް އެދޭ ފޯމް (ލިންކް: https://bit.ly/379YZg2 ) 4-ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ |
|
އިތުރު މަޢުލޫމާތު |
- ކުލާސްތައް އޮންނާނީ 2021 އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ. -މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 4 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. - މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ. -މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. -އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މި ސްކޫލުގެ ނަމްބަރު 3345480 ފޯނާ ގުޅުއްވުން އެދެމެވެ. |
|
ސުންގަޑި |
17 ޑިސެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން "ވަޒީފާއަށް އެދޭ ފޯމް" ފުރުއްވާ މި ސްކޫލްގެ ރިސެޕްޝަންއަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |