އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނ.މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި ގުޅިގެން ޖޫރިމަނާކުރުމާއި ގުޅޭ

                     ނަންބަރު: (PR)203-ECA/1/2020/8

 

ނޫސްބަޔާން

ނ.މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި ގުޅިގެން ޖޫރިމަނާކުރުމާއި ގުޅޭ

 

މިލަދުންމަޑުލު ދެނުކުބުރީ މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރ  (2012/R-27ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން) ރިޢާޔަތްކޮށް ޖުމްލަ 20،000 (ވިހި ހާސް) ދިވެހިރުފިޔާއިން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލުގެ އިދާރާ ވަނީ 06 ޑިސެމްބަރު 2020ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ.

 

                          ............................................ 

                            21 ރަބީޢުލްއާޚިރު 1442

                             06 ޑިސެމްބަރު 2020

 

 

06 ޑިސެންބަރު 2020
ހޯދާ