މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދުން

މިރަށު ބީޗް ރޯޑުގައި، ބަނދަރު ސަރަޙައްދުގެ ދެކުނުކޮޅުން ފެށިގެން ދެކުނު އަވަށު ބީޗް ސަރަޙައްދާ ހަމައަށް، އަދި ބަނދަރުގެ އުތުރު ކޮޅުންފެށިގެން އުތުރު އަވަށު ބީޗް ސަރަޙައްދާ ހަމައަށް މަގުކޮނެ ކޭބަލް ވަޅުލައި، ބުޑުއަޅައި މަގުބައްތި ޖަހައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަމިއްލަ ފަރުދުންނަނާއި ވިޔަފާރިތަކަށް ވެސް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.

         ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއިން ވިއްކާ ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެ، އެ ޑޮކިއުމަންޓްގައިވާ ގޮތުގެ މަތިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ކާށިދޫ ކައުންސިލްގެ އިދާރާއިންނެވެ. ޑޮކިއުމަންޓެއްގެ އަގަކީ -/20ރ (ވިހިރުފިޔާ) އެވެ. ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 13 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ރަބީޢުލްއާޚިރު 1442

06 ޑިސެމްބަރ 2020

06 ޑިސެންބަރު 2020
ހޯދާ