މުލަކު ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު މުލަކު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

`

މުލަކު ސްކޫލް                       

މ.މުލައް                                    ނަންބަރު:GS166/IUL/2020/010      

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2021 ވަނަ އަހަރު މުލަކު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުން:

 

1 2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.       

2 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 07 އިން 2020 ޑިސެމްބަރ 15 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

3 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 16 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 17 ވަނަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.

5 މިބީލަމާގުޅޭ ބީލަންފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ.

6 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  7988183

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

 

21 ރަބީޢުލްއާޚިރު 1442

06 ޑިސެމްބަރ 2020

06 ޑިސެންބަރު 2020
ހޯދާ