ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯ މަރާމާތު ކުރުމާގުޅޭ

މި ކޯޓުގެ ޕޯޓިކޯ މަރާމާތުކޮށްދޭނެ ފަތާރެއް ހޯދުމަށް ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2020/08 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީއާއި އެ މަސައްކަތުގެ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް ގެންނަންޖެހުމާގުޅިގެން އެ އިޢުލާނު ބާޠިލްކޮށް، ތިރީގައި ދަންނަވާފައިއެވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

1-     ޕޯރޓިކޯގެ ޝީޓު ދަށުގައި ލައިފައިވާ ކުލަ ގާނައި ސީލަރު ލުމާއި ސީލިންގ ކުރުމާއި މަރާމާތު ކުރުން.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެންބަރ 09 ވަނަ ދުވަހުން ފެށިގެން 2020 ޑިސެންބަރ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެންބަރ 16 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.  

06 ޑިސެންބަރު 2020
ހޯދާ