ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

2021 ވަނަ އަހަރަށް ސްކޫލްގެ ޢިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓު ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން

 

މިމަދަރުސާގެ ނަންބަރ: Gs31/IUL/2020/15  (25 ނޮވެމްބަރ 2020 )ގެ އިއުލާނާ ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން  ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލްއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.

 

1-       ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 03 ޑިސެމްބަރ 2020 އިން 09 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް،މަޢުލޫމާތު ސާފްކުރާ ފަރާތުގެ ނަން 2020 ޑިސެމްބަރ 09 ވަނަ ދުވަހުގެ 13:30 ކުރިން އީ މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

2-       މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2020 ޑިސެމްބަރ 09 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

3-       އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.

4-       މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗުކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

5-       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

ދ.އަތޮޅު މަދަރުސާ

ފޯނު ނަންބަރ: 7952915

އީމެއިލް: [email protected]

03 ޑިސެންބަރު 2020
ހޯދާ