މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އޮޑިޓަރ (އެމް.އެސް 1)

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2020/285ނަންބަރު:

މަޤާމް:

އޮޑިޓަރ

މަޤާމުގެ ނަންބަރު:


                J-290972

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އިންޓަރނަލް އޮޑިޓް ޔުނިޓް 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-          މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ އެކައުންޓިންގ ނުވަތަ  އިންޓަރނަލް އޮޑިޓެވެ.  ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އިންޓާނަލް އޮޑިޓުގެ އަހަރީ ޕްލޭން ތައްޔާރުކުރުމުގައި، ސެކްޝަނުގެ އިސްމުވައްޒަފުންގެ އިރުޝާދުގެ ދަށުން، ޢަމަލީގޮތުން މަސައްކަތްކުރުން. 
  2. އޮޑިޓް ޔުނިވަރސް ތަރަށްޤީކުރުމުގައި، ސެކްޝަނުގެ އިސް މުވައްޒަފުންނަށް އެހީތެރިވުން.
  3. އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުމަށްޓަކައި،  ސެކްޝަނުގެ އިސްމުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.  
  4. ހަވާލުކުރެވޭ މަސައްކަތް ހަލުވިކަމާއެކު ކުރުން.    
  5. ވަކިވަކި އޮޑިޓް އެސައިންމެންޓްތަކަށް އޮޑިޓް ޕްލޭން ތައްޔާރުކުރުން ނުވަތަ އޮޑިޓް ޕްލޭން ތައްޔާރުކުރުމަށް ޓީމުގެ މެމްބަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިން.
  6. އޮޑިޓް އެސައިންމަންޓް ޕްލޭން އާއި އެއްގޮތަށް އޮޑިޓް  މަސައްކަތްކުރުން. އަދި  މަސައްކަތުގައި، ސެކްޝަނުގެ އިސްވެރިން ދޭ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުން.
  7. އޮޑިޓް/ކޮންސަލްޓެންސީ އެސައިންމަންޓާ ގުޅޭ މަސައްކަތްތަކުގެ މަޤްޞަދް ޙާޞިލްކުރުމަށް ތައްޔާރުކަންޖެހޭ، ވޯކިންގް ޕޭޕާރސް ތައްޔާރުކޮށް، އެ ޕޭޕަރުތައް، ރިވިއުކުރުމަށް، ޓީމް ލީޑަރަށް ނުވަތަ ސެކްޝަނުގެ އިސް މުވައްޒަފަކަށް ހުށަހެޅުން.
  8. އޮޑިޓުގައި ފާހަގަ ކުރެވޭ އޮބްޒަވޭޝަންތައް ތައްޔާރުކޮށް ރިވިއުކުރަން ޓީމް ލީޑަރަށް ނުވަތަ ސެކްޝަނުގެ އިސް މުވައްޒަފަކަށް ހުށަހެޅުން.    
  9. އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ އެކި އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.  
  10. އިންޓާރނަލް އޮޑިޓް ޑިވިޜަންގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން.
  11. އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކުރުން. 
  12. އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.      
  13. ޤާނޫނީ މައްސޫލިއްޔަތެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ޤާނޫނީ މުއްދަތުގެ ތެރޭގައި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅޭތޯ ބަލާ ރިޕޯޓްކުރުން.
  14. ދައުލަތުގެ އޮޑިޓަރޖެނެރަލްގެ ރިޕޯޓްތައް މުޠާލިއާކުރުމަށްފަހު އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިތުރަށް ދިރާސާކުރުމާއި އެރިޕޯޓްގައި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާޙްވަމުންދާ ގޮތް ބެލުން.
  15. ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓިކޮރަޕްޝަން ކޮމިޝަންއިން އަދި އެހެންވެސް ތަޙްޤީޤީ އިދާރާއަކުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ އިސްލާޚީ ފިޔަވަޅުތައް އެޅުމަށް އެދޭކަންކަން މުތާލިއާކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުން.
  16. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. އެކައުންޓިންގ ނުވަތަ އިންޓަރނަލް އޮޑިޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3.  ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް "
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

(ރ) ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާއަތަކީ ހިނގަމުންދާ  ޖަމްޢިއްޔާ/ޖަމާއަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

-          ލިބިފައިވާ ތައުލީމް %35

-          މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު %5

-          މަޤާމުގެ މަސައްކަތްގެ ދާއިރާޢާ ގުޅޭ ތަޖުރިބާ

-          ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާން %5

-          އިންޓަވިއު/އިމްތިހާން/ޕްރެޒެންޓޭޝަން %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  14 ޑިސެންބަރު 2020 (ހޯމަ) ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ސޮއިކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  15 ޑިސެންބަރު 2020 އާއި 30 ޑިސެންބަރު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ޑިސެންބަރު 2020
ހޯދާ