އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތު ފާރުގައިވާ ކެނޑުންތައް މަރާމާތުކޮށް ކުލަލައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިދާރާގެ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތު ފާރުގައިވާ ކެނޑުންތައް މަރާމާތުކޮށް ކުލަލައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 03 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 09 ޑިސެމްބަރު 2020 ވާ ބުދަ ދުވަހާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 10 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 17 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 03 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ޑިސެމްބަރު 2020 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 14 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]  

17 ރަބީޢުލްއާޚީރް 1442

02 ޑިސެންބަރު 2020
ހޯދާ