ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮތޯރިޓީގެ ޗެކްޕޮއިން ފަޔަރވޯލްގެ ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ބާތިލުކޮށް ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލުން

މި އޮތޯރިޓީގެ ޗެކް ޕޮއިންޓް ފަޔަރވޯލް ލައިސަންސް (1 އަހަރުގެ މުއްދަތަށް) އައުކުރުމަށް ބޭނުންވެގެން ޝާއިއުކުރި ނަންބަރު: (IUL)179-3.3/179/2018/21 އިއުލާނަށް ހުށަހަޅުއްވާފައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ  ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މި ލައިސަންސް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލު އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް އެޓެޗްމަންޓްގައި އެވަނީއެވެ.  

ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ވަރޗުއަލްކޮށް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 13 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހު ހެދުނު 09:45އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

3 ވަނަ ފަންގިފި ލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3336619

                 

 

                        17 ރަބީޢުލްއާޚިރު 1442 

                        2 ޑިސެންބަރު 2020

02 ޑިސެންބަރު 2020
ހޯދާ