މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ކޮވިޑް 19 އާއި ގުޅިގެން ފަސްކުރުމާއި ގުޅޭ

            މި މިނިސްޓްރީގެ ނަންބަރު  132(IUL)471-HDS3/471/2020/ (28 ސެޕްޓެމްބަރ 2020) އިޢުލާންއާއި ޙަވާލާދީ ދަންނަވަމެވެ.

ކޮވިޑް 19އާއި ގުޅިގެން މި މިނިސްޓްރީން ކުލި ފަސްކޮށްކުރުން އިތުރުކުރި 03 (ތިނެއް) (ސެޕްޓެމްބަރ،އޮކްޓޯބަރ އަދި ނޮވެމްބަރ) މަހުގެ ނިޔަލަށް ކުލި ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 އޮކްޓޯބަރ 2020ގެ ނިޔަލަށްވަނީ ހަމަވެފައެވެ. އެހެންނަމަވެސް މި މުއްދަތު ހަމަވުމަށްފަހު މި 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅުއްވަމުން ގެންދަވާތީ، މި ދެންނެވުނު 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދިލެއްވުމުގެ ފުރުޞަތު 15 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރުވަނީ މި މިނިސްޓްރީން ނިންމާފައެވެ. އަދި ކުލި ނެގުން ފަސްކުރުމަށް ތިރީގައި އެވާ ގޮތުގެ މަތިން ވަނީ ހަމަޖެހިފައެވެ.

-          ކުލި ފަސްކުރާ މިމުއްދަތުގައި މެއިންޓެނެންސް ފީ ދައްކަވަންޖެހޭނެވެ.

-          ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެއެވެ.

ވީމާ، މަތީގައި ދެންނެވުނު 03 (ތިނެއް) މަހަށް(ސެޕްޓެމްބަރ،އޮކްޓޯބަރ އަދި ނޮވެމްބަރ) ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯންނަންބަރ އަދި މި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

އަދި ކުލި ފަސްކުރުމަށް ކުރިން މިނިސްޓްރީ ކުރި އިޢުލާނާއި ގުޅިގެން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުން އެކަމަށް އެދިލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ދެންނެވީމެވެ.

02 ޑިސެންބަރު 2020
ހޯދާ