ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމާއި ގުޅޭ

ނަންބަރު:GS43-A/2020/15

ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަންކިއުން.

މިސްކޫލުގައި ހުރި ބައުތަކެތި ނީލަންކިޔުމަށްޓަކައި ކުރެވުނު ނަންބަރ: GS43-A/2020/12 ޢިޢުލާނާ ގުޅިގެން 21 ނޮވެމްބަރ 2020 ވަނަ ދުވަހު އޮތް ނީލަމުގައި ނުވިކިހުރި ތަކެތި ހުރުމާއެކު އެތަކެތި ދެވަނަ ފަހަރަށް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 12 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޑިސެމްބަރ 2020 އިން 08  ޑިސެމްބަރ 2020 އަށް މި 03  ދުވަހުގެ 11:00 އިން 13:00 އަށް ޝަރަފުއްދީން ސްކޫލް އަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03  ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 12 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ޝަރަފުއްދީން ސްކޫލް އަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޑިސެންބަރު 2020
ހޯދާ