ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

01. 2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އެއިޢުލާނު ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.

02.  މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2 ޑިސެންބަރު 2020 އިން 13 ޑިސެންބަރު 2020  އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

03.  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 ޑިސެންބަރު 2020  ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

04. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00  ގައި މި ސްކޫލް އޮފީހުގައެވެ.

05.  ބިޑް ހުޅުވުން އޮންނާނީ 20 ޑިސެންބަރު 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލް އޮފީހުގައެވެ.

06. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.  

07. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

17 ރަބީޢުލްއާޚިރު 1442

02 ޑިސެންބަރު 2020
ހޯދާ