ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިސްކޫލްގެ ނަންބަރ GS-187/IUL/2020/05 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް، 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް (މީލާދީ 1 އަހަރުގެ ދުވަހުގެ މުއްދަތަށް) މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 02 ޑިސެމްބަރ 2020 ން 07 ޑިސެމްބަރ 2020 ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 12:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ދިނުން |
އިސްދޫ ކަލައިދޫ ސްކޫލް |
10 ޑިސެމްބަރ 2020 |
ބުރާސްފަތި |
10:00 |
ބީލަން ހުށަހެޅުން |
އިސްދޫ ކަލައިދޫ ސްކޫލް |
14 ޑިސެމްބަރ 2020 |
ހޯމަ |
10:00 |
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑި ޖެހުމުގެ ފަހުން މައުލޫމާތު ދިނުމުގެ ބައްދަވުމަށާއި، ބީލަން ބަލައިގަތުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތެއް ނަމަ އެފަރާތުގެ ލިޔުމަކާއިއެކު މިބީލަމުގައި ބައިވެރިވެވޭނެއެވެ. މިމަސައްކަތާއިގުޅޭ ބީލަންފޮތް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ކަލައިދޫ ސްކޫލް
ފޯން: 6800743
އީ-މެއިލް: [email protected]