ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،
ފާދިއްޕޮޅު ހިންނަވަރު.
އިޢުލާން
ހިންނަވަރުގެ މަގުމަތީ ބައްތިތަކާ ބަނދަރުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެފަރާތެއް ބޭނުންވެއްޖެ
ހިންނަވަރު ކައުންސިލް އިދާރާއިން މައިގަނޑު ތަކެއްޗާއި ކަނޑައެޅޭ އުޖޫރައެއް ދިނުމުން ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، 01 އަހަރު ދުވަހުގެ މުއްދަތަށް އެ ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ހަމަޖެހިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.
އެންމެ މަތިން ދެވޭނެ ޕޮއިންޓް |
ޕްރޮޕޯސަލް މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް |
70 |
މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް |
10 |
ފަންނީ ތަޖުރިބާ އާއި ޤާބިލުކަން |
20 |
ޕްރޮޕޯސަލްގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް |
* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.
* ވިޔަފާރި ތަނެއްގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
02 ޑިސެމްބަރ 2020