ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ކޮންފަރެންސް ކެމެރާއެއް ހޯދުމާއިބެހޭ
ނަމްބަރު:TENDER/HMH/2020/032-R1
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުން އައިޓީއާއި ގުޅުންހުރި ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު HMH/TENDER/2020/032 އަށް އެއްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިއުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.
ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:
Quantity |
UoM |
Item |
||||||||||
01 |
EA |
Conference Camera |
||||||||||
Below mentioned features are the requirement. Proposals without mentioning the specific details will be rejected.
|
1. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
1.1 މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.
1.2 އަގު ހުށަހަޅަންވާނީ ކޮންފަރެންސް ކެމެރާގެ ރިކުއަޔަމަންޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތަށް (ފީޗާރސް) ހިމެނޭ ސިސްޓަމަކަށެވެ. މި ބައިތަށް (ފީޗާރސް) ނުހިމެނޭ ޕްރޮޕޯސަލްތަށް ބާތިލްވާނެއެވެ.
1.3 ކޮންފަރެންސް ކެމެރާ ސަޕްލައިކޮށްދޭ ފަރާތުން މިތަކެތީގެ ސެޓްއަޕް / އިންސްޓޯލޭޝަން ހޮސްޕިޓަލުން ދައްކާ ތަނެއްގައި ހަދައިދޭންޖެހޭނެއެވެ.
1.4 ޕްރޮޕޯސަލް ހުށަހަޅާ އައިޓަމަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.
1.5 ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ހުށަހަޅާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝިޕް ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަހަޅާނާޅުއްވާ ފަރާތުގެ ޕްރޮޕޯސަލްތައް ބާތިލުވާނެއެވެ.
(ނޯޓް: މި ނިންމުމަކީ މިހާތަނަށް ހޮސްޕިޓަލަށް ބީލަން އުސޫލުން ގަނެފައިވާ ބައެއް ތަކެތީގެ ސާރވިސިން އަދި ސްޕެއަރ ހޯދުމުގައި ކުރިމަތިލާޖެހިފައިވާ ދަތިތަކާއި،އެކަމަށް ކުރަންޖެހިފައިވާ ޚަރަދު ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެކެވެ.)
2. ހުށަހަޅަންޖެހޭ ތަކެތި
2.1 އަންދާސީ ހިސާބު/ޕްރޮޕޯސަލް
2.1.1 މަސައްކަތުގެ އަގު
2.1.2 ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 (ތިރީސް) ދުވަސް ވާންވާނެއެވެ.
2.2 ކުންފުނީގެ މައުލޫމާތު
2.2.1 ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން
2.2.2 ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް، އައި.ޑީ ކާޑު އަދި ފޯނުނަމްބަރު.
2.2.3 ކުންފުނީގެ މައިގަނޑު މަސައްކަތްތައް
2.2.4 ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު އަދި ކުންފުނި އުފެދުނު ތާރީޚް
2.2.5 ވޭތުވެދިޔަ ތިން މަސްދުވަހުގެ (އޯގަސްޓް/ސެޕްޓެމްބަރ/އޮކްޓޯބަރ) ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ 2019 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ)ހުށަހަޅަން ވާނެއެވެ. ބޭންކްތަކުން ދޫކުރާ ސްޓޭމްޕްޖެހި އޮންލައިން ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.
2.3 ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް
2.4 މަސައްކަތުގެ ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
2.4.1 ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަސްތެރޭ (ނޮވެމްބަރ 2017 އިން ފެށިގެން އޮކްޓޯބަރ 2020އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
2.4.2 ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.
( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)
2.4.3 މަސައްކަތާއި ގުޅުން ހުރިކަމަށް ބެލެވޭނީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) އާއި ގުޅޭގޮތުން ސަޕްލައިކޮށްފައިވާ ތަކެތީގެ ލިޔުންތަކެވެ.
2.5 މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
3. އަގުހުށަހެޅުން
3.1 މިމަސައްކަތް ކުރަން ހުށަހަޅާ އަގާއި މުއްދަތަކީ މިފަދަ މަސައްކަތަކަށް އެކަށީގެންވާ އަގުތަކެއް ކަމުގައިބަލާނީ މާރކެޓް ރޭޓްތަކަށް ބަލައި ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމްއިން ހަދާ ސާރވޭގެ މައްޗަށެވެ.
3.2 ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.
3.3 އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. ޖީއެސްޓީއާއި ނުލައި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
4. އިވެލުއެޝަން ގައިޑްލައިން
ބިޑަށް މާކްސް ދެވޭނީ ޕްރޯރާޓާގެ އުސޫލުންނެއެވެ.
4.1 މަސައްކަތުގެ އަގު
އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް (ޖުމުލަ އަގު) ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް،އެންމެ ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.
4.2 މަސައްކަތުގެ ތަޖުރިބާ
މިބަޔަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ.
މަސައްކަތުގެ އަގު |
ޕޮއިންޓް |
20,000 އަށް ވުރެން ދަށް |
2 |
20,001 އާއި 40,000 ދެމެދު |
4 |
40,001 އާއި 70,000 ދެމެދު |
8 |
70,001 އަށް ވުރެ މަތި |
10 |
5. އެވޯޑް ކުރުން
މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.
1 |
އަގު |
80 ޕޮއިންޓް |
2 |
ތަޖްރިބާ |
10 ޕޮއިންޓް |
3 |
މުއްދަތު |
10 ޕޮއިންޓް |
މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.
6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.
BID REFERENCE: TENDER/HMH/2020/032-R1
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113
7. ބީލަން ހުށަހެޅުން
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 08 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
02 ޑިސެމްބަރ 2020