ދިވެހިރާއްޖެ
ނަންބަރު: R-2020/76A
އިޢުލާން
މި ކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާއި ކަނޑައަޅާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލެ އަދި މާލޭގައި ސްޓެލްކޯއިން އުފައްދާ ފެން މީޓާރޑް ކަނެކްޝަން މެދުވެރިކޮށް ގަންނަން ޝައުގުވެރިވެލައްވާ ފަރާތްތައް ހޯދުމަށް ކުރެވުނު ޢިއުލާން R-2020/76 ނަންބަރާ ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ބާތިލްކޮށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10.30 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް މިކުންފުންޏަށް 9 ޑިސެމްބަރު 2020ގެ ކުރިން އީމެއިލް ކުރެއްވުމުން މަޢުލޫމާތު ލިބިލައްވާނެއެވެ. އަދި ސުންގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މިއެޑްރެހަށެވެ.
15 ރަބީޢުލްޢަޚިރު 1442