އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: IUL)32-A2-PR/1/2020/31)  

 

އިޢުލާން

 

ލީގަލްއެއިޑްކޮންސަލްޓަންސީގެފުރުޞަތުހުޅުވާލުން

 

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ 1 (އެކެއް) ޤާނޫނީ ވަކީލު ޢައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

 

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

 

ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލީގަލް އެއިޑް ކޮންސަލްޓަންސީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 7 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި އޮފީހުގެ ނަންބަރު 3010126 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

16 ރަބީޢުލްއާޚިރާ 1442

 

01 ޑިސެންބަރު 2020
ހޯދާ