މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

                                  އިޢުލާން

ސިފައިންގެ ވަޒީފާގެ ފުރުޞަތު

 

ފެންވަރު ނުވަތަ ޝަރުޠު:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.
  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއު ތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާ ތާރީޚަކީ 20 ޑިސެންބަރު 2020  އެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓް(www.defence.gov.mv) އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv)  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.   
  • ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 01 އިން ފެށިގެން 2020 ޑިސެންބަރު 17 ވަނަ ދުވަހު 14:00 ގެ ނިޔަލަށް ތިރީގައި ދެންނެވިފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒުތަކުންނެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަނެވޭނެއެވެ.
  • ނޮދަން އޭރިއާ ކޮމާންޑް
  • އެމް.އެން.ޑީ.އެފް ހދ.ކުޅުދުއްފުށި ޕޯސްޓް
  • ޅ.ނައިފަރު ފަޔަރ ސްޓޭޝަން
  • ސެންޓްރަލް އޭރިއާ ކޮމާންޑް
  • ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒް (ލ.ކައްދޫ)
  • އެމް.އެން.ޑީ.އެފް ދ.ކުޑަހުވަދޫ ޕޯސްޓް
  • އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ.މުލި)
  • މާލެ އޭރިއާ ކޮމާންޑް
  • މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށް.
  • ސަދަން އޭރިއާ ކޮމާންޑް
  • އެމް.އެން.ޑީ.އެފް ޏ.ފުވައްމުލަކު ޕޯސްޓް
  • ސަދަން އޭރިއާ ހެޑްކްއޯޓާޒް (ސ.ގަން)
  • ސ.ހިތަދޫ ފަޔަރ ސްޓޭޝަން
  • ގދ.ތިނަދޫ ފަޔަރ ސްޓޭޝަން
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ނުވަތަ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އަށެވެ. އަދި އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު:

  • 3322607 އެކްސްޓެންޝަން: 2141، 2142 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
01 ޑިސެންބަރު 2020
ހޯދާ