މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންޖިނިއަރ (އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް - ބިންހިއްކުން) - އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް

އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް

އިންޖިނިއަރ (އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް - ބިންހިއްކުން)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި.) އިން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ބިންހިއްކުމުގެ މަސައްކަތްތައް އިމްޕްލިމެންޓްކޮށް ބެލެހެއްޓުމަށް އިންޖިނިއަރ އެއް  ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

[email protected]

30 ނޮވެންބަރު 2020
ހޯދާ