އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސ. ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
- މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ސ.ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)426-AA/426/2020/145 އިޢުލާން ބާޠިލުކޮށް މިމސައްކަތަށް އަލުން ބީލަމަށް ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރީގައި ބީލަން ހުށަހެޅި ފަރާތްތަކަށް މިއިޢުލާންގެ ދަށުން ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންނުޖެހޭނެއެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް 500/- ( ފަސްސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ޑިސެމްބަރު 09 ވާ ބުދަ ދުވަހުގެ މެންދުރު 14:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއިންނެވެ. މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރެވިދާނެއެވެ.
- މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 2020 ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި މިއިދާރާގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާގެ ވެބްސައިޓް http://www.adducity.gov.mv މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1500.00 ( ފަނަރަސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 148 ދުވަހެވެ.
- ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުން ފެށިގެން 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޑިސެމްބަރު 16 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
29 ނޮވެންބަރު 2020
ހޯދާ