ދިވެހިރާއްޖެ
ނަންބަރު: IUL)285-A/285/2020/57) އިޢުލާން ހެނބަދޫ ބަނދަރު ސަރަޙައްދުގައި ބެންޗު ހެދުމަށާއި ބަނދަރުގައި އެޅުމަށް ހަމަޖެހިފައިވާ ޑިންގީތަކަށް ޚާއްސަ ޖެޓީ ހެދުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. ހެނބަދޫގެ ބަނދަރު ސަރަޙައްދު ޒީނަތްތެރިކުރުމުގެ ގޮތުން ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަށް ހެދުމަށާއި ބަނދަރުގައި ހެދުމަށް ހަމަޖެހިފައިވާ ކުދި ޑިންގީތަކަށް ޚާއްސަ ޖެޓީ ހެދުމަށް ބޭނުންވާތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެންބަރ 2020 ވަނަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 13 ޑިސެންބަރ 2020 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 15 ރަބީޢުލްއާޚިރު 1442 30 ނޮވެމްބަރ 2020 އާދަމް ސަމީރު ހެނބަދޫ ކައުންސިލްގެ ރައީސް
|