ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ:(IUL)370-ESMS SC/370/2020/25
އިއުލާން |
2021 ވަނަ އަހަރު ރަށުގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލުމާއިގުޅޭ
2021 ވަނަ އަހަރަށް ފ.ފީއަލި އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް 01 އަހަރުގެ މުއްދަތަށް އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ނަންނޯޓް ކުރުމަށް ހަމަޖެހިފައިވަނީ އިސްކަންދޭ ތަރުތީބުން އެންމެ ކުރިން ނަންނޯޓްކުރާ 30 ފަރާތަކަށެވެ. އެގޮތުން ކަނޑައެޅިފައިވާ ގަޑިތަކުގައި ނަންނޯޓްކުރުމަށް ޙާޟީރުވާންވާނީ އައިޑީކާޑް ހިފައިގެން ވެރިފަރާތުންނެވެ. އަދި ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ނަންނޯޓްކުރުމުގެ ފުރުސަތު ނެތްކަމުގައި ދަންނަވަމެވެ.
ނަންނޯޓް ކުރުން: ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00 ން 12:00 ށް.
ނަންނޯޓް ކުރުމުގެ އެންމެ ފަހުތާރީޚް: 08 ޑިސެމްބަރ 2020ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް.
މި މަސައްކަތާ ގުޅިގެން ނަންނޯޓްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ފީއަލީ ކައުންސިލްގެ އިދާރާގައެވެ. ނަންނޯޓް ކޮށްފައިނުވާ ފަރާތްތަކާއި އަދި ނަންނޯޓް ކުރިނަމަވެސް މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކުގެ ނަން ލިސްޓުން އުނިކުރެވޭނެއެވެ. އަދި އެންމެ ކުރިން ނަންނޯޓް ކޮށްފައިވާ 30 މީހުންގެ ތެރެއިން މީހަކު މައުލޫމާތު ބައްދަލުވުމަށް ހާޞިރުނުވާނަމަ ލިސްޓްގައި ނަންނޯޓްކޮށްފައިވާ ތަރުތީބުން އިސްކަން ދެވޭނެކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު 6740012 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
1442 D 15
30 ނޮވެމްބަރ 2020
މުހައްމަދު ޖަލީލު
ފީއަލީ ކައުންސިލްގެ ރައީސް