މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި ފޯމް ހުށަހެޅުއްވި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާއި ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

ކ.ތުލުސްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއިބެހޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)/333/333/2019/19 (23 އޮކްޓޯބަރ 2019) އިޢުލާނާއި ގުޅިގެން ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިއުލާނާއި އެކު އެވަނީއެވެ.

ވީމާ، އެލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ 2020 ޑިސެމްބަރ 15 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އެލިސްޓަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ އެބަދަލެއް ގެނެސް ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

29 ނޮވެންބަރު 2020
ހޯދާ