ދިވެހިރާއްޖެ
ނަންބަރު: IUL)321-A/321/2020/163)
އިޢުލާނު
ރަށުގެ ބަނދަރުގައި ބެހެއްޓުމަށް މޮނިއުމެންޓެއް ފަރުމާކޮށް ހަދައި ދޭނެ ފަރާތެއް ހޯދުން
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫއަކީ، އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މައުރަޟްތަކުން ރަންވަނަތަކެއް ޙާޞިލްކޮށްފައިވާ، މަސައްކަތްތެރި ހީވާގި ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެކެވެ. އެހެންކަމުން މިރަށަށް ލަފާފުރާ މީހުންނަށް ފެންނަހެން މިރަށުގެ ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް، ރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތްތައް ދައްކުވައިދޭ މޮނިއުމެންޓެއް ފަރުމާކޮށް ރަށުގެ ބަނދަރުސަރަޙައްދުން ކައުންސިލުން ދައްކާ ތަނެއްގައި އެމޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)321-A/321/2020/130 އިއުލާނަށް ހުށަހެޅި އެސްޓިމޭޓް އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާނާއި، އެސްޓިމޭޓް ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މޮނިއުމެންޓް ފަރުމާކޮށް ހަދައިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
އަންދާސީ ހިސާބު ހުށަހެޅުން |
13 ޑިސެމްބަރ 2020(އާދިއްތާ) |
10:00 |
ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް |
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 ރަބީޢުލްއާޚިރު 1442