ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް.
އިއުލާން
2021 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ.
- ޖެނުއަރީ 01 ން 2021 ޑިސެމްބަރ 31 ށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 29 ން 2020 ޑިސެމްބަރ 03 ށްް ކޮންމެ ދުވަހަކު 9:00 ންް 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2020 ޑިސެމްބަރ 06 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި އަދި ބިޑްހުޅުވުމުގެ ބައްދަލުމުވުމަގައި ބައިވެރިވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަމަދޫ ސްކޫލް
ބ. ކަމަދޫ/ ދިވެހިރާއްޖެ
ފޯން: 6600015
އީ-މެއިލް: [email protected]
29 ރަބީއުލްއާޚިރު 1442
29 ނޮވްމެބަރ 2020
29 ނޮވެންބަރު 2020
ހޯދާ