ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު: 480/އައި.ޔޫ.އެލް/36/2020 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކަކީ ބިޑް ޑޮކިއުމަންޓުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ބިޑުތަކަކަށް ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި ކައުންސިލުގެ އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް އަލުން އިޢުލާނު ކުރަމެވެ.
މި ކައުންސިލުގެ އޮފީސް ހިންގާނެ ޢިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 09:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.