ދިވެހިރާއްޖެ
ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް މިއިދާރައިން ކުރި ނަންބަރު (IUL)265/265/2020/31 (22 ނޮވެމްބަރ 2020) އިޢުލާނާއި ގުޅިގެން ޑިޒައިން ހުށަހެޅުމުގެ މުއްދަތު ކުޑަކަމުގެ ޝަކުވާ ލިބެމުންދާތީ އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިހިނގާ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ޑިޒައިން ހުށަހެޅުމުގެ ފުރުސަތު ވާނީ އިތުރުކުރެއެވިފައެވެ. ވީމާ، ޑިޒައިން ހުށަހެޅުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާ ކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުން އެދެމެވެ.
މޮނިއުމެންޓްގެ ޑިޒައިން ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް:
- މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިޒައިނެއް ކަމުގައި ނުވުން
- ހދ.ކުރިނބީގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން
- މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން
- އެހެން މޮނިއުމެންޓެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެމޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން
- ކުރިނބީވަންތަކަން ރަމްޒުކޮށްދިނުން
ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:
- މޮނިއުމެންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
- ޑިޒައިން ގްރޭ-ސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ. އަދި ޑިޒައިންގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB) އަށް ވުރެ ކުޑަވާން ޖެހޭނެއެވެ.
އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:
- މޮނިއުމެންޓެގެ ޑިޒައިންގައި "HDH.KURINBI" އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
- މޮނިއުމެންޓްގެ އަކުރު ތަކުގެ ފޮންޓުގެ ގޮތުގައި ބޭނުން ކުރަންވާނީ ކިޔާލަން ފަސޭހަ އަދި ރީތި ފޮންޓެވެ.
- މޮނިއުމެންޓްގެ މުޅި އަކުރު ތަކުގެ ދިގުމިނަކީ 25 ފޫޓް އެވެ.
- މޮނިއުމެންޓް ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
- ހުށަހަޅާ ޑިޒައިނަކީ މޮނުމަންޓް ހެދުމުގައި އާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށްވާންވާނެއެވެ.
- މޮނިއުމެންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
- ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ކުރިނބީއާއި ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ބައިވެރިވާ ފަރާތްތަކަށް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.
ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:
- މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ކުރިނބީ ކައުންސިލުން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
- ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.
އެއްވަނައަށް ހޮވޭ ޑިޒައިން:
- އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/5000 (ފަސްހާސް) ރުފިޔާއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، ކުރިނބީ ކައުންސިލްގެ އިދާރާ އާ ހަވާލުކުރަންވާނެއެވެ.
ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:
- މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް 28 ނޮވެންބަރު 2020 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރު، އައިޑީކާޑުގެ ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު މިއިދާރާއަށް މެއިލް ކުރަންވާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.