މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް

މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓް އުސޫލުން މިހާރު އެކުލެވިފައިވާ ޕޫލްގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނުހިމެނޭތީ ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

 

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

05 (ފަހެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

  • ވަގުތީ (01 އަހަރު ދުވަހަށް)

މަސައްކަތުގެ ޝަރުތު

  • ލިޔަންކިޔަން އެނގުން.
  • ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައިނުވުން.

މަސައްކަތުގެ އުޖޫރަ

  • މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 45.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ތުލުސްދޫގެ 02 މިސްކިތް / ކ.ތުލުސްދޫ   

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރެވޭ މިސްކިތެއް / މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
  3. ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން.
  4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށުމާއި ސާފުކޮށްބަލަހައްޓައި، ގަސްތަކަށް ފެންދީހެދުން.
  6. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި ދިޔަދޮވި ސާފުކުރުންފަދަ މަސައްކަތްކުރުން.
  7. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  8.  މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދި މިއިދާރާއިން ދޫކުރާ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1.  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3.   މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެމްބަރ 09ވާ ބުދަ ދުވަހު 14:00 ގެ ކުރިން، ތުލުސްދޫ ކައުންސިލަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޑިސެމްބަރ 10 އާއި 2020 ޑިސެމްބަރ 15 އާ ދެމެދު، ތުލުސްދޫ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6640183 ނަންބަރު ފޯނާއެވެ.

26 ނޮވެންބަރު 2020
ހޯދާ