ދިވެހިރާއްޖެ
ނަންބަރ: HPL/PRC/I-2020/05
އިޢުލާން
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން HPL/PRC/I-2020/01(19 އޮގަސްޓް 2020 ) ބާތިލުކުރުމާއި އެކު އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.
10 ރަބީޢުލްއާޚިރާ 1442
25 ނޮވެމްބަރ 2020