ދިވެހިރާއްޖެ
ނަންބަރު: IUL)345-MS/345/2020/81)
އިޢުލާން
ސްޓެލްކޯ އއ. މާޅޮސް އިންޖީނުގެއަށް އުދަގޫވާގޮތަށް ހުރި ރުއް ނެގުމާ ގުޅޭ: |
ސްޓެލްކޯ އއ. މާޅޮހު އިންޖީނުގޭގެ ހުޅަނގުން ގޯތިތެރެއަށްވާގޮތަށް އިން ފޯދިފައިވާ ރުއް ނެގުމަށް ބޭނުންވެ މި ކައުންސިލުގެ އިޢުލާން (IUL)345-MS/345/2020/64 އާއި ގުޅިގެން ރުކާބެހޭގޮތުން މި ކައުންސިލަށް ހުށަހަޅާފައިވާ މައުލޫމާތު ފުރިހަމަ ނުވާތީ އެ ރުކުގެ ވެރިފަރާތުން އެރުކާބެހޭ ފުރިހަމަ މައުލޫމަތު ސިޓީއަކުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ރުކާބެހޭ ސައްޙަ މައުލޫމާތު ހުށަހަޅާފައި ނުވާނަމަ މި ރުއް ކައުންސިލަށް ނެގޭނެވާހަކަ ދަންނަވަމެވެ.
ރުއް ހުރިތަނާބެހޭ މަޢުލޫމާތު:
- ސްޓެލްކޯ އިންޖީނުގޭގެ ހުޅަނގުއުތުރުގައިވާ ހުދު ދަވާދުން ނަމްބަރު 1 ޖަހާފައިވާ ރުއް.
މިރުކުގެ ވެރިފަރާތުން ރުކާއިބެހޭ މިދަންނަވާ މަޢުލޫމާތު 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 12:00 ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނީ [email protected] އަށެވެ.
ސިޓީގައި ހިމެނެންޖެހޭ މަޢުލޫމާތު:
- ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
- ރުކުގެ ތަރުތީބު ނަންބަރު.
- ކޯޑު ނަންބަރު.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.